އަނބިމީހާއަށް ގެވެށި އަނިޔާކުރި ފުލުހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގެވެށި އަނިޔާގެ މައްސަލައަކާއި ގުޅިގެން ފުލުހަކު ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގާ ފުލުހުންގ...

18 Nov 2014 | 11:41

ގެވެށި އަނިޔާގެ މައްސަލައަކާއި ގުޅިގެން ފުލުހަކު ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 35 އަހަރުގެ މީހެއް ކަމަށާއި އެއީ ފުލުހެއްކަން ކަށަވަރުކޮށްދޭ ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފުލުސް މީހާ އަނިޠާކުރީ އޭނާގެ އަންހެނުންނަށެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 12:45 ހާއިރު ހުޅުމާލޭގައި ހިނގި މި ހާދިސާ ގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ކުށުގެ ވެށިން ކަމަށެވެ.

އަދި މި ހާދިސާގައި އަންހެނަކަށް ލިބިފައިވާ އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާކަމަށާއި މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓު ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުންބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް