ބަނގުރާ ކައްކަމުންދިޔަ ދެމީހަކު ވެލިދޫން ހައްޔަރުކޮށްފި

ނ. ވެލިދޫ ފަޅުގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 37 އަހަރުގެ ފިރިހެނަކާއި 30 އަހ...

18 Nov 2014 | 10:50

ނ. ވެލިދޫ ފަޅުގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 37 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފަޅުގެއެއްގެ ތެރޭގައި ބަނގުރާ ކައްކާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ކައްކަމުން ދަނިކޮށް މިމަހުގެ 16 ވަނަ ދުވަހު ކަމަށާއި މި ފަޅުގެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 މިލިލީޓަރުގެ ފުޅިއަކާއި 1.5 ލިޓަރުގެ ފުޅިއެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައި ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމިހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤް ކުރިޔަށް ގެންދިޔުމަށް 03 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް