ބަޖެޓުގެ ބަހުސް ނިންމާލައިފި

އަންނަ އަހަަރަށް  ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ  24 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް މަރުހަލާ މިއަދު ނިންމާލައިފި އެވެ. ބަޖެޓުގެ ބަހުސް ފައްޓާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ބަޖެޓުގެ ބަހުސް ނި...

18 Nov 2014 | 09:53

އަންނަ އަހަަރަށް  ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ  24 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް މަރުހަލާ މިއަދު ނިންމާލައިފި އެވެ.

ބަޖެޓުގެ ބަހުސް ފައްޓާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ބަޖެޓުގެ ބަހުސް ނިންމާލައްވަމުން މަޖިލީހުގެ ރައީީސް އަބްދުﷲ މަސީހު ވިދާޅުވީ ބަޖެޓުގެ މަސައްކަތްތަކުގެ ތެރޭގައި މިހާރު އޮތީ ކޮމިޓީން ކުރާ މަސައްކަތްތައް ކަމަށާއި އެ މަސައްކަތްވެސް ނިންމަން ކަނޑައަޅާފައިވާ ތާރީހުގެ ކުރިން ނިމޭނެ ކަމަށެވެ.

ބަޖެޓުގެ ބަހުސްގެ މަރުހަލާގައި މެންބަރުން ގިން ކަންތައްތަކެއް ފާހަގކޮށްފައިވާއިރު، އިދިކޮޅު އެމްޑީޕީން ބުނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ،  ޕީޕީއެމްގެ މެނިފެސްޓޯއާއި އެއްވެސް ގުޅުމެއް ހުރި ބަޖެޓެއް ނޫންކަމަށެވެ. އަދި އެ ބަޖެޓުގައި ހުރި ގިނަ ކަންކަމަކީ މިވަގުތު ރައްޔިތުންނަށް މާބޮޑު ފައިދާއެއް ކުރާނެ ކަންކަން ނޫންކަމަށް ބުނެފައި ވެއެވެ.

އަންނަ އަހަރު ގިނަ ބާވަތްތަކަކަުން ޑިއުޓީ ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާއިރު އޭގެތެރޭގައި ކާޑުގެ ބާވަތްތައްވެސް ހިމެނެ އެވެ. އަދި ޓޫރިސްޓުންގެ އަތުން އިތުރު ޓެކްސްއެއް ގްރީން ޓެކްސްގެ ނަމުގައި ނެގުމަށްވެސް ވަނީ ހުށަހަޅާފައި އެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ވިދާޅޫވެފައިވަނީ ބަޖެޓުގެ 65 އިންސައްތަ ހަރަދު ކުރާނީ ރިކަރަންޓްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް