ރައްޓެހިވެގެން އުޅުނު ކުއްޖާ މާފުކޮށްދޭތޯ 1 މަސް ދުވަސް ވާންދެން ކުޑަކަކޫ ޖަހައިގެން އިނދެފި...

ޗައިނާގެ ރައްޔިތަކު އޭނާ ރައްޓެހި ވެގެން އުޅުނު އަންހެން ކުއްޖާގެ މާފު ހޯދުމަށްޓަކައި  30  ދުވަސް ވާންދެން މަގުމަތީގައި ކުޑަކަކޫ ޖަހައިގެން އިނދެފިއެވެ. މި ޒުވާނާ ކުޑަކަކޫ ޖަހައިގެން އިނދެ އާދޭސް ކޮށް...

18 Nov 2014 | 07:46

ޗައިނާގެ ރައްޔިތަކު އޭނާ ރައްޓެހި ވެގެން އުޅުނު އަންހެން ކުއްޖާގެ މާފު ހޯދުމަށްޓަކައި  30  ދުވަސް ވާންދެން މަގުމަތީގައި ކުޑަކަކޫ ޖަހައިގެން އިނދެފިއެވެ.

މި ޒުވާނާ ކުޑަކަކޫ ޖަހައިގެން އިނދެ އާދޭސް ކޮށްފައިވަނީ ޗައިނާގެ ޝަންދޮންގް ޕްރޮވިންސްގެ ދޮންގްޔިންގް ސިޓީގައި ހުންނަ ބޯކޮށާ ސެލޫން އެއްގެ ކުރިމަތީގައި އިނދެގެންނެވެ. މި ސެލޫން އަކީ އޭނާ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާ މަސައްކަތް ކުރާ ތަނެވެ.

އެހާ ގިނަ ދުވަހު މެދުނުކެނޑި އަންހެން ކުއްޖާގެ ރުހުން ހޯދުމަށް މަގުމަތީގައި އިނުމުގެ ސަބަބުން އޭނާއަށް ވަނީ އާންމުންގެ އެހީތެރިކަން ވެސް ލިބިފައެވެ. އަދި އެތައް ބަޔަކު އޭނާ އެތަނުން ކޮޅައް ނެގުމަށް މަސައްކަތް ކުރި ކަމަށް ވެސް ވެއެވެ.

30 ދުވަހު އެއްތަނެއްގައި ކުޑަކަކޫ ޖަހައިގެން އިން ނަމަވެސް އަންހެން ކުއްޖާގެ އެއްވެސް ޖަވާބެއް މި ޒުވާނާއަށް ވަނީ ނުލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް