އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާދެއްވައިފި

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު ޝާޒްލީ ޝަފީގު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. މިކަން ދުވަހަށް ވަނި ކަށަވަރުވެފައި އެވެ. އަދި އޭނާ އިސްތިއުފާދެއްވީ ކަމަކާއި ހިތްހަމަ ނުޖެހިގެން ކަމަށް އ...

18 Nov 2014 | 07:38

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު ޝާޒްލީ ޝަފީގު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިކަން ދުވަހަށް ވަނި ކަށަވަރުވެފައި އެވެ. އަދި އޭނާ އިސްތިއުފާދެއްވީ ކަމަކާއި ހިތްހަމަ ނުޖެހިގެން ކަމަށް އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޝާޒްލީ އިސްތިއުފާދެއްވުމާއި ގުޅިގެން އެމްޑީޕީން މިހާތަނަށް އެއްޗެއް ބުނެފައި ނުވާއިރު،  އޭނާ އިސްތިއުފާގެ ސިޓީ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށްފައި އެވެ.

ޝާޒްލީ އެ މަގާމަށް އައްޔަންކޮށްފައި ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ހަސަން ޝާހު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް