"ފާރަ ގެމަ" ގާއިމް ކުރަން ކުއްތާ ގެނައުމަށް އެޑްވާންސް ފައިސާ ދައްކައިފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން "ފާރަ ގެމަ" ޤާއިމް ކުރުމަށް ބޭނުންވާ ކުއްތާ ރާއްޖެ ގެނައުމަށްޓަކައ...

18 Nov 2014 | 07:11

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން "ފާރަ ގެމަ" ޤާއިމް ކުރުމަށް ބޭނުންވާ ކުއްތާ ރާއްޖެ ގެނައުމަށްޓަކައި ދައްކަން ޖެހޭ އެޑްވާންސް ފައިސާ ދިވެހި ސަރުކާރުން އިއްޔެ ދައްކައިފިއެވެ.

ފުލުހުން ބުނީ "ފާރަ ގެމަ" ޤާއިމް ކުރުމަށް ބޭނުންވާ ކުއްތާ ގެނައުމަށްޓަކައި 40000 ޔޫރޯ އިއްޔެ ވަނީ ހޮލެންޑްގެ ކުންފުންޏަކަށް ދިވެހި ސަރުކާރުން ދައްކާފައިވާކަމަށެވެ.

މީގެ އިތުރުން ކުއްތާ ބޭތިއްބުމަށް ހުޅުމާލޭގައި ޤާއިމްކުރާ ކެނެލްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިހާރު ވަނީ އިޢުލާން ކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި "ފާރަ ގެމަ" ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ދިވެހި ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށާއި ރާއްޖޭގައި އަލަށް ޤާއިމްކުރާ ކުއްތާ ސްކޮޑަށް "ފާރަ ގެމަ" މިނަން ދިނުމަށް ރަސްމީކޮށް ހަމަޖައްސައި އެކަން ވަނީ މީގެ ކުރިން އިޢުލާން ކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް