ޖައުސާ އޮފީހުގެ ތިޖޫރި ފަޅާލައިފި

ޖައުސާ އޮފީހުގެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:0...

18 Nov 2014 | 06:00

ޖައުސާ އޮފީހުގެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށާއި ހެންވޭރު ޑާވިންސީ އިމާރާތުގެ ދެ ވަނަ ފަންގިފިލާގައި ހިންގާ އެ އޮފީސް ފަޅާލާފައި ވަނީ އެ އޮފީހުގެ އިރުމަތީ ފަރާތުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް އިތުރަށް ވިދާޅުވީ އޮފީހުގެ ތިޖޫރީ ފަޅާލައި 15000 ރުފިޔާ އާއި 250 ޑޮލަރު ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި  މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް