އދގެ ވަފްދަކަށް ޖާނުން ފިދާވުމުގެ ހަމަލަ ދިންކަމުގެ ޒިންމާ އައިއެސްއިން އުފުލައިފި

ބަގްދާދުގެ އެއާޕޯޓްކައިރިން އދގެ ވަފްދަކަށް ޖާނުންފިދާވެ ބޮމުގެ ހަމަލާއެއް ދިންކަމުގެ ޒިންމާ އިރާގާއި ސޫރިޔާގައި ހަނގުރާމަ ކުރަމުން އަންނަ އައިއެސް ޖަމާއަތުން އުފުލައިފިއެވެ. އައިއެސްއިން ނެރުނު ބަޔާނ...

18 Nov 2014 | 04:39

ބަގްދާދުގެ އެއާޕޯޓްކައިރިން އދގެ ވަފްދަކަށް ޖާނުންފިދާވެ ބޮމުގެ ހަމަލާއެއް ދިންކަމުގެ ޒިންމާ އިރާގާއި ސޫރިޔާގައި ހަނގުރާމަ ކުރަމުން އަންނަ އައިއެސް ޖަމާއަތުން އުފުލައިފިއެވެ.

އައިއެސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ ސިފައިންގެ ވަރުގަދަ ހިމާޔަތުގައި ދަތުރު ކުރަމުންދިޔަ އދ ގެ ވަފްދަށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދިނީ މުއާވިޔާ އަލް ފައްލޫޖީ ކިޔާ މީހެއް ކަމަށެވެ.

އާދީއްތަ ދުވަހު ދިން ޖާނުންފިދާ ވުމުގެ ހަމަލާގައި އިރާގުގެ ސަރުކާރުގެ އޮފިޝަލުންތަކަކާއި އެމެރިކާގެ މީހަކު މަރުވި ކަމަށްވެސް އައިއެސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިރާގުން ބުނެފައިވަނީ އެ ހަމަލާގައި އދގެ ވަފްދުގައި ހިމެނިވަޑައިގެންނެވި ބައެއް ބޭފުޅުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ. ނަމަވެސް އެއްވެސް މީހަކު މަރުވި ކަމެއް ނުވަތަ ނޫން ކަމެއް އިރާގުން ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް