މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) -
ދައުލަތުގެ ރަސްމީ ރިޒާވް ފާއިތިވި ތިން އަހަރުވެސް
ނުދާހާ މައްޗަށް ގޮސްފިއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބަށް ބަލާއިރު ނިމިދިޔަ ސެޕްޓެމްބަރު
މަސް ނިމުނު އިރު ދައުލަތުގެ ރިޒާވް ވަނީ 859.46 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ.
އޭގެ ކުރީމަސް ކަމުގައިވާ އޯގަސްޓް މަހު އެ ޢަދަދު ހުރީ 810.05 މިލިޔަން ޑޮލަރުގައެވެ. މަހުން މަހަށް ބަލާނަމަ
އެއީ 6.1 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ކުރީގެ އަހަރުގެ ސެޕްޓެމްބަރު މަހަށް
ބަލާނަމަ އެއީ 131.5 އިންސައްތައިގެ ކުރިއެރުމެކެވެ.
ރަސްމީ ރިޒާވް 859.46 މިލިޔަން ޑޮލަރަށް އަރާފައިވާއިރު
އެންމެ ފާހަގަކުރެވޭ ކަމަކީ މިއީ 2022 ވަނަ އަހަރުގެ މާރިޗް މަހަށްފަހު ދައުލަތުގެ
ރިޒާވް އެންމެ މަތިވި ފަހަރު ކަމަށްވުމެވެ.
2022 ވަނަ އަހަރުގެ މާރިޗް މަހު ރަސްމީ ރިޒާވް ހުރީ
865.19 މިލިޔަން ޑޮލަރުގައެވެ.
އޭގެ ފަހުން ދަށްވުމުގެ ދިގު ޓްރެންޑެއް ގޮސް 2024 ވަނަ
އަހަރުގެ ސެޕްޓެމްބަރު މަހު ރަސްމީ ރިޒާވް 371.22 މިލިޔަން ޑޮލަރަށް ވެއްޓުނެވެ.
އެއަށްފަހު ޖެހިގެން އައި އޮކްޓޯބަރު 2024ގައި
614.65 މިލިޔަން ޑޮލަރާއެކު ފެށުނު އަޕް ޓްރެންޑެއްގައި މަތިވަމުންގޮސް މިދިޔަ ސެޕްޓެމްބަރު
މަހު ރަސްމީ ރިޒާވްގެ ޢަދަދު މިވަނީ 859.46 ޑޮލަރަށް އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް