އެކުޅިވަރު ތަރައްގީ ކުރާނެ ބަޔަކު އެސްޓީއޯއިން ހޯދަނީ

ނ. އެކުޅިވަރު ގަންނާނެ ބަޔަކު ނުވަތަ އެ ރަށުގައި ރިސޯޓެއް ހިންގާނެ ބަޔަކު ހޯދަން އެސްޓީއޯއިން ބީލަމަށް ހުޅުވާލައިފިއެވެ. ނ. އެކުޅިވަރަކީ ރިސޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއ...

18 Oct 2019 | 10:16

ނ. އެކުޅިވަރު ގަންނާނެ ބަޔަކު ނުވަތަ އެ ރަށުގައި ރިސޯޓެއް ހިންގާނެ ބަޔަކު ހޯދަން އެސްޓީއޯއިން ބީލަމަށް ހުޅުވާލައިފިއެވެ.

ނ. އެކުޅިވަރަކީ ރިސޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއަށް ދީފައިވާ ރަށެކެވެ.

މިކަމާއި ގުޅޭގޮތުން އެސްޓީއޯއިން ކޮށްފައިވާ ގެޒެޓުގައި ބުނެފައިވަނީ އެ ރަށަށް އިންވެސްޓް ކުރަން ޝައުގުވެރިވާ، ރާއްޖެ އަދި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އެކްޕްރެސް އޮފް އިންޓްރެސްޓް (އީއޯއައައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަވަނަ ދުވަހާއި ހަމައަށް ހުޅުވާލާ ކަމަށެވެ. އެ ރަށަކީ 19.2 ހެކްޓަރުގެ ރަށެކެވެ.

ނ. އެކުޅިވަރު ތަރައްގީ ކުރުމަށް ކުރިން ދީފައިއޮތީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ. އެމްޓީޑީސީއަށް އެ ރަށް ތަރައްގީ ނުކުރެވި ލަސްވުމުން އެސްޓީއޯއާ ހަވާލުކުރަން ނިންމީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް