ރައީސް މައުމޫންގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ހައި ކޯޓުން ބާތިލުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް މިއަދު ހައިކޯޓުން ބާތިލުކޮށްފިއެވެ. މި ހުކުމް ބާތިލު ކުރުމާއެކު ރައީސް މައުމޫން މިވަނީ އެ މައްސަލައިން ސަލާމަތ...

18 Oct 2018 | 10:51

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް މިއަދު ހައިކޯޓުން ބާތިލުކޮށްފިއެވެ. މި ހުކުމް ބާތިލު ކުރުމާއެކު ރައީސް މައުމޫން މިވަނީ އެ މައްސަލައިން ސަލާމަތްވެފައެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ރައީސް މައުމޫން އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށް ލުމަށެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގައެވެ. ހުކުމް އިއްވީ އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލައިގައެވެ.

https://twitter.com/maumoonagayoom/status/1052874620003643392

ކްރިމިނަލް ކޯޓުން ކޮށްފައިއޮތް ހުކުމް ބާތިލުކޮށް މިއަދު ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ދަށު ކޯޓުން ހުކުމް ކުރުމުގައި އަމަލުކުރި އިޖުރާއަތް ގޯސް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް