އިހުލާސްތެރި ކަމާއެކު ކޮއްދިން މަސައްކަތުގެ އަގުވެސް ވަޒަން ނުކުރާކަމަށް ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީ ވިދާޅުވެއްޖެއެވެ.
މެސެޖްގެ ފޮޓޯއަކާއި އެކު މަހުލޫފް ކުރި ޓުވީޓުގައި މަހުލޫފް ބުނެފައިވަނީ އެފޮޓޯ ޓުވިޓާގައި ހިއްސާ ކުރީ އަޝްމަލީގެ ހުއްދައާއި އެކުގައި ކަމަށާއި، އިންތިހާބުން ބަލިވީމައި އަޝްމަލީ ކޮށްދިން މަސައްކަތުގެ އަގުވަޒަން ނުކޮށް އަޝްމަލީވީ 'ގައްދާރަކަށް' ކަމަށްވެސް މަހުލޫފް ވިދާޅުވެފައިވެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ކުރި މެސެޖުގައި އަޝްމަލީ ވިދާޅުވެފައިވަނީ އިހުލާސްތެރި ކަމާއެކު އިންތިހާއަށް ބުރަކޮށް ސިޔާސީ ގޮތުންނާއި، ސަރުކާރުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން އަދި މެޑަމް ފާތުން އަށް މަސައްކަތްކުރުމުގައި އެންމެ ފަހު ވަގުތާއި ޖެހެންދެން ހުންނެވި ނަމަވެސް އެމަސައްކަތުގެ އަގުވަޒަން ކޮށްފައި ނުވާ ކަމަށެވެ.
މަހުލޫފަށް ކުރި މެސެޖްގައި އަޝްލަމީ ވިދާޅުވީ ކެމްޕޭން މެނޭޖަރު އަދުލީ، ހާލިދު އަދި ރަހުމާ މުޅި އިލެކްޝަންސް ގަޑުބަޑު ކޮށް ދޮގު ހަބަރު ފަތުރަމުން ދަނީ އަބުރު ކަތިލަން ކަމަށާއި، މަހުލޫފް ދެއްކެވި ވާހަކަތަކަށް ކަނުލާ އަޑުއެހުނުނަމަ މިއަދު އެފަދަ މައްސަލަތަކާއި ކުރިމަތި ލާން ނުޖެހޭނެ ކަމަށެވެ.
ހަމައެއާއެކު އަޝްމަލީ ވިދާޅުވެފައިވަނީ، ރައީސް ޔާމީންއަށް މަސައްކަތް ކޮށްދިނީ ތެދުވެރިކަމާއެކު ކަން މާތްﷲ އަށް ދެނިވޮޑިގެންވާނެ ކަމަށާއި، އަދި އެވަރުގެ މަސައްކަތްތައް އެހެން މީހަކަށް ކޮށްދިން ނަމަ އެމަސައްކަތްތަކުގެ އަގު ވަޒަން ކުރާނެ ކަން ޔަގީން ކަމަށްވެސް އަޝްމަލީ ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް