ޓްރާންސިޝަން ކޮމެޓީގެ އިސްވެރިން، މުހައްމަދު ޝަހީމްއާ ބައްދަލުކުރައްވައިފި

ޓްރާންސިޝަން ކޮމެޓީގެ އިސްވެރިން، ޑރ. މުހައްމަދު މުސްތަފާ ލުތުފީ އަދި އިބްރާހިމް އިސްމާއިލް (އިބްރާ)، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ބައްދަލުކުރައްވައިފި އެވެ. މ...

18 Oct 2018 | 07:48

ޓްރާންސިޝަން ކޮމެޓީގެ އިސްވެރިން، ޑރ. މުހައްމަދު މުސްތަފާ ލުތުފީ އަދި އިބްރާހިމް އިސްމާއިލް (އިބްރާ)، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ޔުނިވާސިޓީގެ އިސްވެރިންވެސް ބައިވެރި ވެފައިވެއެވެ.

އަދިމި ބައްދަލުވުމުގައި އެ ޔުނިވާސިޓީގެ ތަސައްވަރާއި ކިޔަވައިދެމުންގެންދާ ކޯސްތަކާއި އަދި ޕްރޮޖެކްޓްތަކުގެ އިތުރުން އެ ޔުނިވާސިޓީއަށް ހާސިލްކުރެވިފައިވާ ކަންތައްތަކާ ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ.

ހަމައެއާއެކު ޝަހީމް ވިދާޅުވެފައި ވަނީ، ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އޮމާންކޮށް ގެންދިއުމުގެ ގޮތުން ފުރިހަމަ އެއްބާރުލުން އެ ޓްރާންސިޝަން ކޮމެޓީއަށް ދެއްވާނެ ކަމަށެވެ.

ޓްރާންސިޝަން ކޮމެޓީއަކީ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް އޮމާންކަމާ އެކީ ކުރިއަށް ގެންދިއުމުގެ ގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމެޓީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް