މާޔޫސް ވެފައި ތިބި ގައުމީ ފުޓްބޯޅަ ޓީމް ގައުމީ ބޭންކުން ހެއްވާލައިފި

ސާފް ސުޒުކީ ކަޕްގެ ތަށި ހޯދި ގައުމީ ޓީމަށް އެ ޓީމުގެ ސްޕޮންސަރ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން  ފައިސާގެ ގޮތުގައި 600،000 (ހަ ލައްކަ) ރުފިޔާ ދީފިއެވެ. ގައުމީ ޓީމުން ހޯދި ކާމިޔާބީ ފާހަގަކޮށް ޓީމުގެ އ...

18 Oct 2018 | 07:10

ސާފް ސުޒުކީ ކަޕްގެ ތަށި ހޯދި ގައުމީ ޓީމަށް އެ ޓީމުގެ ސްޕޮންސަރ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން  ފައިސާގެ ގޮތުގައި 600،000 (ހަ ލައްކަ) ރުފިޔާ ދީފިއެވެ.

ގައުމީ ޓީމުން ހޯދި ކާމިޔާބީ ފާހަގަކޮށް ޓީމުގެ އަގު ގައުމީ ބޭންކުން ވަޒަންކޮށްފައިމިވަނީ ކަމާއިބެހޭ ފަރާތްތަކުން ގައުމީ ޓީމު ހޯދި ކާމިޔާބީއާއިމެދު މާ ބޮޑު އަހަންމިއްޔަތުކަމެއް ނުދޭކަމަށް ބުނެ ގައުމީ ޓީމުގެ ބައެއް މެމްބަރުން ޝުއޫރު ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް ޓީމުގެ ކޮންމެ މެންބަރަކަށް ހާއްސަ މާސްޓަރކާޑް ރީލޯޑަބަލް ކާޑެއް ބޭންކުން ވަނީ ދީފައެވެ.

މި ފައިސާގެ އިނާމު ޓީމާ ހަވާލުކޮށްދީފައިވަނީ ޤައުމީ ޓީމަށް މަރުޙަބާ ކިޔުމުގެ ގޮތުން ބޭއްވި ހޮޓެލް ޖެން ގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ 2017 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުގެ ސްޕްންސަރ އެވެ. ތަފާފތު ގިނަ ގޮތްގޮތުން ބީއެމްއެލް އިން އަންނަނީ ގައުމީ ފުޓްބޯޅަ ޓީމަށް އެހީތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް