ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާތައް ކަނޑައެޅުމާއިމެދު މާލޭ ދާއިރާތަކަށް ނިސްބަތްވާ މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މިއަދު ބައްދަލުކުރައްވައިފިއެވެ.
މިކަމާއިމެދު ދުވަހަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ކުރިއަށް ގެންދިޔައީ ހިޔާލު ހޯދުމުގެ މަޝްވަރާއެއް ކަމަށާއި އެކަމަށް ހިޔާލު ހޯދުމަށް ޕާޓީތަކާއެކުވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
https://twitter.com/ElectionsMv/status/1052798861373136898
"އަންނަ މަޖިލިސް އިންތިހާބަކަށް މާލޭގެ ދާއިރާތަކަށް ދެ ގޮނޑި އިތުރު ކުރެވެން އެބަ އޮތް، އެހެންވީމަ އެކަން ކުރިއަށްގެންދާނެ ގޮތަކާއިމެދު ހިޔާލު ހޯދުމުގެ މަޝްވަރާތަކެއް ކުރިއަށް މިދަނީ" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް އިތުރަށް ވިދާޅުވީ އެކަމާއި މެދު މަޝްވަރާތައް ކުރިއަށް ގެންގޮސް ނިންމާލުމަށްފަހު ވަރަށް އަވަހަށް ގޮތެއް ނިންމައި އިލެކްޝަންސުން އިއުލާނު ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް