ސޯޝަލް މީޑިއާގެ ތެރޭގައި ތާ އަބަދު އަހަރެމެން އުޅޭއިރު، ޗެޓް ކުރާއިރު އާންމުކޮށް ތިކި ނުވަތަ ފުލްސްޓޮޕް ޖަހާނަމަ އަނެކާ ނަގާ މާނަ ތަފާތުވެދާނެކަން އެނގިލައްވާތޯއެވެ.
މިކަމާމެދު ދިރާސާތަކެއް ހެދިފައިވާއިރު ދިރާސާތަކުން ދައްކާގޮތުގައި ޗެޓް ކުރާއިރު ތިކި ޖަހާނަމަ ނުވަތަ މާ ގިނައިން ފުލްސްޓޮޕް ޖަހާނަމަ އެކަމަކީ އެ ވާހަކައެއްގެ ނިމުން ކަމުގައި ސިފަކުރެއެވެ. އަދި ބައެއް ފަހަރު ތިކި ޖަހަނީ ރުޅި އައިސްގެން ނުވަތަ ހިތްހަމަ ނުޖެހިގެން ކަމުގައިވެސް ސިފަ ކުރެއެވެ. މީގެ އިތުރުން އެ ބުނާ ބުނުމަކީ ސީދާ ތެދަށް ނުވެވެސް ގޮސްދާނެ ކަމަށްވެއެވ އަދި އިތުރަށް ވާހަކަ ކުރިއަށް ނުގެންދާންވެސް ނިންމައެވެ.
މިކަމަކީ އަނެކާގެ ނަފްސިއްޔާތާ ގުޅުން އޮންނަ ކަމެއް ކަމުގައި ދިރާސާތަކުން ދައްކާއިރު ޔުނިވާސިޓީ އޮފް ކެލިފޯނިއާގައި މިކަމާއި ގުޅިގެން ހެދި ދިރާސާއަކުން ފާހަގަކޮށްފައިވާގޮތުގައި މީހަކާއި ވާހަކަ ދައްކާއިރު މިފަދަ ކުދި ކުދި ކަންކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. ހާއްސަ ގޮތެއްގައި ގުޅުންތައް ދެމެހެއްޓުމުގައި މިފަދަ ކުދި ކުދި ކަންކަން ބޮޑު ދައުރެއް އަދާކުރާކަމަށް އެ ދިރާސާއިން ދައްކާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް