އެމެރިކާގައި ސެލްފީ ނަގަން އުޅުނު ކަނބަލަކު 27 ވަނަ ބުރިން ވެއްޓި މަރުވެއްޖެ

އެމެރިކާގައި އުސް އިމާރާތެއްގެ 27 ވަނަ ބުރިން ސެލްފީއެއް ނަގަން އުޅުނު އަންހެން ކަނބަލަކު ވެއްޓި މަރުވެއްޖެއެވެ. އިއްޔެ ހިނގި މި ހާދިސާ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހާދިސާގައި މަރުވެފައިވަ...

18 Oct 2018 | 04:48

އެމެރިކާގައި އުސް އިމާރާތެއްގެ 27 ވަނަ ބުރިން ސެލްފީއެއް ނަގަން އުޅުނު އަންހެން ކަނބަލަކު ވެއްޓި މަރުވެއްޖެއެވެ.

އިއްޔެ ހިނގި މި ހާދިސާ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 44 އަހަރުގެ ސޭންޑްރާ މަނުއޭލާ ޑަ ކޯސްޓާ މަސީޑޯ ނަމަކަށް ކިޔާ އަންހެން ކަނބަލެކެވެ.

https://twitter.com/AnezAez4/status/1050837104975118337

އޭނާގެ ރައްޓެހިންނާއި ހަވާލާދީ ބުނެފައިވާގޮތުގައި އޭނާ އެމެރިކާއަށް ދިޔައީ ދާދި ފަހުންނެވެ.

އޭނާ ވެއްޓުނު މަންޒަރު، އެހެން އިމާރާތެއްގައި އުޅުނު ކޮންސްޓަރަކްޝަން މަސައްކަތްކުރާ މީހަކު ވީޑިއޯކޮށްފައިވާއިރު 27 ވަނަ ބުރިން އޭނާ ވެއްޓުނީ ބެލްކަންޏެއްގެ ރެއިލިންގ މަތީގައި އިށީނދެ ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް