އިސްލާމިކް ބޭންކްގެ "ފައިސާ ކާޑު" ބޭނުންކޮށްގެން އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު

މޯލްޑިވްސް އިސްލާމިކް ބޭންކްގެ "ފައިސާ ކާޑު" ބޭނުންކޮށްގެން އަގު ހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް، އެ ބޭންކުން އިއްޔެ ފަށައިފިއެވެ. "ފައިސާ ކާޑުން ކަނޑާލާ" ނަމުގައި މި ފެށި ޕްރޮމޯޝަނަކީ އިއްޔެއިން ...

18 Oct 2018 | 04:06

މޯލްޑިވްސް އިސްލާމިކް ބޭންކްގެ "ފައިސާ ކާޑު" ބޭނުންކޮށްގެން އަގު ހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް، އެ ބޭންކުން އިއްޔެ ފަށައިފިއެވެ.

"ފައިސާ ކާޑުން ކަނޑާލާ" ނަމުގައި މި ފެށި ޕްރޮމޯޝަނަކީ އިއްޔެއިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮމޯޝަނެއް ކަމުގައި އެ ބޭންކުން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަން ފެށުމަށް، އިއްޔެ ސިޓްރޯންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަނާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެ ބޭންކްގެ ހެޑް އޮފް ޗެނަލް މެނޭޖްމަންޓް މުހައްމަދު ޒިޔާއު އަހުމަދު ވިދާޅުވީ އެމްއައިބީގެ ފައިސާ ކާޑު ބޭނުން ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ 25 ރުފިޔާއަކުން މަތިން ފައިސާ ކަނޑާ ކޮންމެ ފަހަރަކު ޕްރޮމޯޝަންގައި ބައިވެރިވޭނެ ކަމަށެވެ. ބަލާނީ ކަނޑާ ފައިސާގެ އަދަދަށް ނޫން ކަމަށާއި ކުރާ ޓްރާންސެކްޝަންގެ އަދަދަށް ކަމުގައި ޒިޔާއު ވިދާޅުވިއެވެ.

ޒިޔާއު ވިދާޅުވިގޮތުގައި އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަރާތްތަކަށް، ދެ ބޭފުޅެއްގެ އުމްރާ ދަތުރެއް ލިބިގެންދާނެކަމަށާއި ދެވަނައަށް އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަރާތަކަށް އައިފޯނު އެކްސް މެކްސް އެއް އަދި ތިންވަނައަށް އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަރާތަކަށް ސެމްސަންގް ނޯޓް ނުވައެއް ލިބިގެންދާނެކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ ކާޑަކީ ޕީއޯއެސް މެޝިންތަކުން ބޭނުން ކުރެވޭ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އާންމު ފިހާރަތަކާއި ރެސްޓޯރަންޓްތަކުގައި ބޭނުން ކުރެވޭ ކާޑެކެވެ. އަދި އެ ބޭންކްގެ ބްރާންޗްތައް ހުންނަ، އައްޑޫ ސިޓީ ހިތަދޫ، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ހދ. ކުޅުދުއްފުށީ ފިހާހަރަތާއި ރެސްޓޯރަންޓްތަކުގައިވެސް މި ކާޑު ބޭނުން ކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް