ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމް މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ފަސްޓް ލޭޑީ، ރާއްޖެ ވަޑައިގެންފައިމިވަނީ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހުގައެވެ.
ހަގު ދަރިކަލުންނާއެކު ފަސްޓް ލޭޑީ ބޭރަށް ވަޑައިގެންނެވީ މި މަހުގެ ހަތަރުވަނަ ދުވަހުގައެވެ. އެކަމަނާ ވަޑައިގެންނެވީ ސައުދީ އަރަބިއްޔާއަށެވެ. އަދި އެނބުރި ވަޑައިގެންނެވީ އުމްރާއެއް ކުރެއްވުމަށްފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ފަސްޓް ލޭޑީ ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކަމަނާއަށް މަރުހަބާ ދެންނެވީ ފިރިކަލުން ރައީސް އަބްދުﷲ ޔާމީން އާއި ދައުލަތުގެ ބައެއް ވަޒީރުންނެވެ. މާލެއިން މަރުހަބާ ދެންނެވީ ޕީޕީއެމްގެ ދެ ނައިބުރައީސުންނެވެ. އަދި އެކަމަނާއަށް މަރުހަބާ ދެންނެވުމަށް، އެކަމަނާއަށް ތާއީދު ކުރައްވާ ބައެއް މީހުން ރަސްމީ ފާލަން ކައިރިން އެ ކަމަނާއަށް މަރުހަބާ ދެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް