އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯ ނަސަންދުރާއިން ހާއްސަ އޮފާރތަކެއް

އުރީދޫ ކްލަބް ޕްރިމިއާގެ އައު ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރަ އަށް މަރުޙަބާ ކިޔައިފިއެވެ. އުރީދޫއިން ބުނެފައިވާގޮތުގައި މި ޕާޓްނާޝިޕާއެކު އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް މާލޭގެ އެންމެ މަޝ...

18 Sep 2025 | 07:12
އުރީދޫއިން ބާސެލޯއާއެކު އެއްބަސްވުމަކަށް ދިއުން - ފޮޓޯ: އުރީދޫ މޯލްޑިވްސް

އުރީދޫއިން ބާސެލޯއާއެކު އެއްބަސްވުމަކަށް ދިއުން - ފޮޓޯ: އުރީދޫ މޯލްޑިވްސް

އުރީދޫ ކްލަބް ޕްރިމިއާގެ އައު ޕާޓްނަރެއްގެ ގޮތުގައި

ބާސެލޯ ނަސަންދުރަ އަށް މަރުޙަބާ ކިޔައިފިއެވެ.

އުރީދޫއިން ބުނެފައިވާގޮތުގައި މި ޕާޓްނާޝިޕާއެކު އުރީދޫގެ

ޕްރީމިއަމް ކަސްޓަމަރުންނަށް މާލޭގެ އެންމެ މަޝްހޫރު އެއް ހޮޓެލްއިން ކެއުންތަކާއި

އިވެންޓްތައް ބޭއްވުމުގައި ވަރަށް ޚާއްޞަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ހިތްފަސޭހަ މާޙައުލަކާއި، ފެންވަރު ރަނގަޅު ޚިދުމަތްތަކާއި،

އަދި މޮޅު  ކެއުންތަކުގެ ލިބިގެންދާ ބާސެލޯސްވެފައިވަނީ

ޚާއްޞަ މުނާސަބަތުތައް ފާހަގަކުރުމަށް އަދި ރައްޓެހިންނާއި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް

ހޭދަކުރުމަށް އެންމެ މަގުބޫލު ތަނަށެވެ.

މި ޕާޓްނަރޝިޕްގެ ތެރެއިން، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް

ޚާއްސަ އޮފަރތަކެއްގެ ދަށުން، އަމިއްލަ އިވެންޓްތަކަށް ބާސެލޯސް ބުކްކުރުމުގެ ފުރުޞަތުވެސް

ފަހިވެގެންދާނޭ ކަމަށާއި މީގެ އިތުރުން، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯސްގެ

އެންމެ މަޤްބޫލު އައުޓްލެޓްތަކުން %10  އާއި

ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އަދި ހަމަ އެހެންމެ މި ޑިސްކައުންޓް ލިބޭ ތަންތަނުގެ

ތެރޭގައި އަލިމަސް ކެފޭ އެންޑް ލައުންޖް، ބީ-ހެވަން، އަދި އޮއިވަރު ރެސްޓޯރަންޓް ހިމެނޭ

ކަމަށްވެސް އުރީދޫ އިން ބުނެއެވެ.

"އުރީދޫ ކްލަބް ޕްރިމިއާގެ އެންމެ އައު ޕާޓްނަރެއްގެ

ގޮތުގައި ބާސެލޯ ނަސަންދުރައަށް އަޅުގަނޑުމެން ވަރަށް އުފަލާއެކު މަރުޙަބާ ކިޔަން،

މި ޕާޓްނަރޝިޕާއެކު އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ބާސެލޯ ނަސަންދުރާ

އިން ހާއްސަ އިނާޔަތްތަކެއް ލިބިގެންދާނެ، އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް

އުރީދޫއިން ދެމުންދާ ހާއްސަ ސާވިސްގެ އިތުރުން ޕްރިމިއަމް ޕާޓްރަނުންނާއިއެކު އިތުރު

ފުރިހަމަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް މިދަނީ މަސައްކަތް

ކުރަމުން" އުރީދޫގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވިއެވެ.

‎ބާސެލޯ

ނަސަންދުރަ މާލޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ، އެންރިކް ރެއިނާ ވިދާޅުވީ އުރީދޫ މޯލްޑިވްސް

ކްލަބް ޕްރިމިއަރ ޕްރޮގްރާމްގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު

ޝަރަފެއް ކަމަށާއި ބާސެލޯ ނަސަންދުރަ މާލެއިން އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންނަށް

ހާއްސަ އިނާޔަތްތަކެއް ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

‎މި ޕާޓްނާޝިޕަކީ

އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާތަކާއި ޕްރިމިއަމް

މަންފާތައް ރާއްޖޭގައި ފޯރުކޮށްދީ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް

އަބަދުވެސް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ކަމަށް އުރީދޫއިން ބުނެއެވެ.

‎އުރީދޫ ކްލަބް

ޕްރިމިއާއަކީ އުރީދޫގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ

ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުފައްދާފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ގިނަ އަދަދެއްގެ ޚާއްޞަ އިނާޔަތްތަކާއި، ޑިސްކައުންޓްތަކާއި،

ތަޖުރިބާތައް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް