މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިތް އެލާޓު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލަޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެންދުރު ފަހު 3:00 ން ފެށިގެން މިރޭ 11:00 އަށް އޮތީ އެ ސަރަހައްދުތަކަށް ވައިޓް އެލާޓު ނެރެފަ އެވެ.
މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދު ތަކަށް ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ. އަދި ކަނޑުތައް ވިލާގަނޑުގަ ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ރޭ ދަންވަރުން ފެށިގެން އުތުރުގެ ބައެއް ރަށްރަށަށް ދަނީ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހެމުންނެވެ. ބައެއް ރަށްރަށުގައި ފެން ބޮޑުވެ ގޭގެއަށް ދަނީ ފެން ވަންނަމުންނެވެ. އެގޮތުން ށ. މިލަންދޫއަށް ރޭ ފަތިހުން ފެށިގެން ބޯކޮށް ވާރޭވެހި ގޭގެއަށް ފެންވަދެފައިވާ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތުދެ އެވެ.
ވައިޓް އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ސަލާމާތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހަނދާން ކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް