ޝްރައްދާ އަށްވުރެ ޕްރަބާސް "ސާހޯ" ކުޅެދޭ އަގު ތިން ގުނަ ބޮޑު !

މިހާތަނަށް އިންޑިއާގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި "ބަހޫބަލީ 2" ގެ ތަރި ޕްރަބާސް  އާއި އެކު ޝްރައްދާ ކަޕޫރު ލީޑް ރޯލް ކުޅޭ ފިލްމު "ސާހޯ" ކުޅެދޭ އަގަކީ 90 މިލިއަން ރ...

18 Aug 2017 | 08:17

މިހާތަނަށް އިންޑިއާގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި "ބަހޫބަލީ 2" ގެ ތަރި ޕްރަބާސް  އާއި އެކު ޝްރައްދާ ކަޕޫރު ލީޑް ރޯލް ކުޅޭ ފިލްމު "ސާހޯ" ކުޅެދޭ އަގަކީ 90 މިލިއަން ރުޕީސް ކަން ހާމަވެއްޖެ އެވެ.

މި ފިލްމު ކުޅޭދޭން ފުރަތަމަ ޝްރައްދާ އެއްބަސްވީ 1.2 ބިލިއަން ރުޕީސް ކަމަށްވެ އެވެ. އެކަމަކު ދެތިން ހަފްތާ ވަންދެން ފިލްމުގެ ޕްރޮޑިއުސަރުން ވާހަކަ ދެއްކުމުން އަގު ނުވަ މިލިއަނަށް ކުޑަކޮށްދިނީ އެވެ. މިހާރު ޝްރައްދާ ފިލްމެއް ކުޅެދެނީ 40 މިލިއަން ރުޕީސް އަށެވެ.

މިއީ ޕްރަބާސްގެ ފުރަތަމަ ހިންދީ ފިލްމެވެ. "ސާހޯ" އޭނާ ކުޅެދޭ އަގާ ބަލާއިރު ޝްރައްދާ މި ފިލްމު ކުޅެނީ ވަރަށް ކުޑައަގެއްގަ އެވެ. ޕްރަބާސް މި ފިލްމު ކުޅެން އެއްބަސްވެފައިވަނީ ތިން ބިލިއަން ރުޕީސް އަށެވެ.

އެއީ "ބަހޫބަލީ 2" ޕްރަބާސް ކުޅެދިން އަގަށްވުރެ ބޮޑު އަގެކެވެ.

ޖުމްލަ 15 ބިލިއަން ރުޕީސްގެ ބަޖެޓަކުން ހަދާ "ސާހޯ" ކުޅެން ޝްރައްދާ މިހާ ބޮޑު އަގެއް ހުށަހެޅީ ހިންދީ، ތެލުގޫ އަދި ތަމަޅައިން ވާހަކަދައްކަން ޖެހޭތީ އެވެ. ތިން ބަހުން ފިލްމު އުފައްދާތީ މަސައްކަތް ބުރަވެފަ އިތުރު މަސައްކަތެއްވެސް ތަރިންނަށް ނުކުރެވޭތީ އެވެ.

މި ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ޝްރައްދާ އާއި ޕްރަބާސް ފިލްމުގެ މަސައްކަތާއި ގުޅޭނީ މިމަސް ނިމޭ ހިސާބުގަ އެވެ.

"ސާހޯ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް