އަސަރީ ހިޔާއިން ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލައިފި

މާލޭގައި ހިންގި ގްރޫޕު މާރާމާރީތަކާއި ގުޅިގެން މ. އަސަރީ ހިޔާއިން ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލައިފި އެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ ހަ ވަނަ ދުވަހު އެ ގެ ބަލާ ފާސްކޮށް 12 މީހަކު ...

18 Aug 2017 | 07:22

މާލޭގައި ހިންގި ގްރޫޕު މާރާމާރީތަކާއި ގުޅިގެން މ. އަސަރީ ހިޔާއިން ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލައިފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ ހަ ވަނަ ދުވަހު އެ ގެ ބަލާ ފާސްކޮށް 12 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭއިރު ރ. މީދޫ މުހައްމަދު އަނަސް މަރާލުގައި އަމަލީ ގޮތުން ބައިވެރިވި މީހުންވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

އޭގެތެރެއިން ދޫކޮށްލާފައިވާ ފަސް މީހެކެވެ. ފުލުހުން ބުނީ ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ ފަހުން ހިންގި ގްރޫޕު މާރާމާރީތަކާއި ގުޅުންނެތް މީހުން ކަމަށެވެ.

އަސަރީ ހިޔާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ބަންދުގަ ތިބި ހަތް މީހުންނަކީ މާރާމާރީ އާއި އަނަސް މަރާލި މީހުންނެވެ. އެކަމަކު އަދިވެސް އެމީހުންގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.

އަނަސް މަރާލާފައިވަނީ ލިޓަސް ސާވިސް ސެންޓަރު ތެރޭ ކަރަށާއި މެޔަށް ވަޅި ހަރާފަ އެވެ. އަދި ގައިގެ 37 ތަނަކަށް ވަޅި ހަރާފައިވާ ކަމަށް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް