އިއްސެ މަރާލި ބިދޭސީންގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި

ހއ. އިހަވަންދޫގައި މިފްކޯއިން ހިންގާ އައިސްޕްލާންޓު ތެރޭގައި ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު އަތިރީއާގޭ އިސްމާއިލް އުމަރު (އިއްސެ) މަރާލި މައްސަލައިގަ ހައްޔަރު ކުރި ބިދޭސީން...

18 Jul 2017 | 06:45

ހއ. އިހަވަންދޫގައި މިފްކޯއިން ހިންގާ އައިސްޕްލާންޓު ތެރޭގައި ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު އަތިރީއާގޭ އިސްމާއިލް އުމަރު (އިއްސެ) މަރާލި މައްސަލައިގަ ހައްޔަރު ކުރި ބިދޭސީންގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

މި މައްސަލައިގަ ފަސް ބިދޭސިއަކު ވަނީ ހައްޔަރުކޮށްފައި އެވެ. އޭގެ ތެރެއިން އިއްސެ އާއި އެކު އައިސްޕްލާންޓުގައި މަސައްކަތް ކުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސުމަން މިއާ ވަނީ އިއްސެ މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފައި އެވެ.

ފުލުހުން މިއަދު ބުނީ އެ ފަސް ބިދޭސީންގެ މުއްދަތު އިތުރުކޮށްދިނީ އިއްޔެ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް  ކޯޓުން ކަމަށެވެ. އެ މީހުންގެ ބަންދަށް އިތުރުކޮށްފައިވަނީ 15 ދުވަހެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ސުމަން މިއާ، އިއްސެއަށް ހަމާލާދީ މަރާލި ކަމަށް އެއްބަސްވެ މަރާލި އިރު ލައިގެން ހުރި އެއްޗެހި ފުލުހުންނަށް ދައްކާފައިވާ ކަމަށެވެ. އެކަމަކު އޭނާ އިއްސެއަށް ހަމާލާދީ މަރާލަން ޖެހުނު ސަބަބެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

އިއްސެ މަރާލާފައި އޮއްވަ ފެނުނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އިއްސެގެ ހަބަރެއް ނުވެގެން ގޮސް އައިސްޕްލާންޓުގައި އެމީހުން ނިދާ ކޮޓަރީގެ ދޮރު ހުޅުވަން ބެލި އިރު ތަޅުގައި ލޭ ހުރި ކަމަށެވެ. އަދި އެތެރޭގައި ބޮކި ދިއްލާފަ ހުރިކަންވެސް ފާހަގަވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް