ލޯބިވެރިޔާގެ ފޯނު ބެލުމަކީ ރަގަޅު ކަމެއްތަ؟

މިޒަމާނުގައި ފޯނަކީ މީހާގެ ހުރިހާ ސިއްރެއް ކަހަލައިން ފޮރުވިފާވައި އެއްޗެވެ. ލޯބިވެރިޔާ ޗެޓް ކުރަނީ ކޮންބަޔަކާތޯ އާއި، ސާޗް ހިސްޓްރީ އާއި، ފޮޓޯ ގެލެރީގައި ހުރި ފޮޓޯ ތަކަކީ ކޮބައިކަން ބަލަން ވަރަށް ބޭނ...

18 Jun 2019 | 07:42

މިޒަމާނުގައި ފޯނަކީ މީހާގެ ހުރިހާ ސިއްރެއް ކަހަލައިން ފޮރުވިފާވައި އެއްޗެވެ. ލޯބިވެރިޔާ ޗެޓް ކުރަނީ ކޮންބަޔަކާތޯ އާއި، ސާޗް ހިސްޓްރީ އާއި، ފޮޓޯ ގެލެރީގައި ހުރި ފޮޓޯ ތަކަކީ ކޮބައިކަން ބަލަން ވަރަށް ބޭނުންވާނެއެވެ. އެގޮތުން ލޯބިވެރިޔާގެ ދިރިއުޅުމުގެ މިފަދަ ސިއްރުތައް ހޯދުމުގެ ބޭނުމުގައި، ފޯނު ބެލުމަކީ ރަގަޅު ކަމަކަށް ވެދާނެ ހެއްޔެވެ؟

ލޯބިވެރިޔާގެ ޒާތީ ދިރިއުޅުމަށް އިހުތިރާމް ކުރުމަކީ ގުޅުން ވަރުގަދަވާ ކަމެކެވެ. ލޯބިވެރިޔާ އަށް ވަގަށް އޭނަގެ ފޯނު ބަލާނަމަ ގުޅުމުގައި ރެނދުލުން އެކަށީގެންވެއެވެ. ދެމީހުންގެ މެދުގައި ވާ އިތުބާރަށް ބުރޫއަރައި، ޝައްކު ކުރުން ގިނަވެދާނެއެވެ. ޝައްކު ކުރެވެން ފަށައިފި ނަމަ އެކަން ވެގެން ދާނީ ބޮޑު ބައްޔަކަށެވެ.

އެކްސްޕާޓުން ބުނާގޮތުގައި، ލޯބިވެރިޔާގެ ފޯނު ބަލާނަމަ ދެމީހުންގެ މެދުގައި ކުދިކުދި މައްސަލަތައް ޖެހުން އެކަށީގެންވެއެވެ. ލޯބިވެރިޔާގެ ނިއުސްފީޑުން ފެންނަ އެއްޗަކާއި ދޭތެރޭ ވެސް ދެމީހުން ދެބަސްވެދާނެއެވެ. އެގޮތަށް ފޯނު ބަލާނަމަ އަބަދުވެސް ހީވާނީ، ލޯބިވެރިޔާ ވަގަށް ކޮންމެވެސް ކަމެއް ކުރަނީ ކަމުގައެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ލޯބިވެރިޔާ ވަގަށް މީހުންނާއި އެކީ ނޭދެވޭ ގުޅުންތައް ހިންގައިފާނެ އެވެ. އެފަދަ ކަމަކަށް ޝައްކުވާނަމަ ރީތިކޮށް ވާހަކަ ދެއްކުމަކީ އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމެވެ. އެފަދަ ހާލަތެއްގައި ލޯބިވެރިޔާގެ ފޯނު ބަލާނަމަ، ބެލުން ރަގަޅީ ލޯބިވެރިޔާގެ ރުހުމުގައި، އޭނާގެ ހާޒިރުގައެވެ.

މައްސަލައެއް ޖެހޭއިރަށް، ލޯބިވެރިޔާގެ ފޯނު ބަލާބެލުން ހުއްޓެން ޖެހޭކަމަށް އެކްސްޕާޓުން ބުނެއެވެ. އެމީހުންނަށް ވެސް ޒާތީ ދިރިއުޅުމުގައި ފޮރުވަން ޖެހޭ ބައެއް ކަންކަން ފޮރުވުމުގެ ހައްގު ލިބިގެންވެއެވެ. ލޯބިވެރިޔާއަށް އަމިއްލަ މިނިވަންކަން ދޭން ޖެހޭނެ އެވެ. ގިނަފަހަރަށް ހީވެފައި އޮންނަނީ، ލޯބިވެރިންގެ ދެމެދުގައި އެއްވެސް ކަމެއް ފޮރުވައިގެން ނުވާނެ ކަމެވެ. ނަމަވެސް އާއިލާ އާއި ރައްޓެހިންނާއި ދެމެދު ކުރެވޭ ސިއްރު މުއާމަލާތްތައް ފަދަ ކަންކަމަކީ ކޮންމެހެން ލޯބިވެރިޔާ އަށް އެނގުން ލާޒިމު ކަންކަން ނޫން ކަމުގައި ވެސް އެކްސްޕާޓުން ބުނެއެވެ.

އެކްސްޕާޓުން ބުނާގޮތުގައި ލޯބިވެރިޔާގެ ފޯނު، ނުރުހުމުގައި އަދި ސިއްރުން ބެލުމަކީ ރަގަޅު ކަމެއް ނޫނެވެ. ނަމަވެސް މިޒަމާނަކީ ވަރަށް "އޯޕަން މައިންޑެޑް" ލޯބިވެރިން އުޅޭ ޒަމާނެއް ކަމުން ހުރިހާ މީސް މީޑިއާ އެކައުންޓެއްގެ ޕާސްވޯޑް ވެސް ލޯބިވެރިޔާ އާއި ހިއްސާކުރެއެވެ. ދެމީހުންގެ އަމިއްލަ ޒާތީ ދިރިއުޅުން ދެމީހުންނަށް ހިއްސާ ކުރާނަމަ ޝައްކެއް ވެސް ނެތް ގޮތުގައި އެގުޅުން ވަރުގަދަ ވާނެއެވެ. ނަމަވެސް އަމިއްލަ "ސްޕޭސް" ބޭނުންވާ ލޯބިވެރިންނަށް އެ "ސްޕޭސް" ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ނޫންނަމަ ގުޅުމަށް ހިރަފުސް އަރަން މާ ގިނަ ދުވަހެއް ނުނަގާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް