ގެއްލުނު ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ފެނިއްޖެ

ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ފަތުރުވެރިންގެ ހަށިގަނޑު، މިއަދު ހިންގި އޮޕަރޭޝަނުގައި ހޮހޮޅައިގެ ތެރެއިން ފެނިފައި ވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއ...

18 May 2026 | 10:21
N/A

N/A

ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ފަތުރުވެރިންގެ ހަށިގަނޑު، މިއަދު ހިންގި އޮޕަރޭޝަނުގައި ހޮހޮޅައިގެ ތެރެއިން ފެނިފައި ވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހަށިގަނޑުތައް ފެނުނީ، އެމްއެންޑީއެފް ކޯސްޓް ގާޑާއި ފުލުހުންގެ ޚިދުމަތާއި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި ކަމަށެވެ. ހަތަރު ހަށިގަނޑު ވެސް ފެނުނީ ޑައިވް ކުރި ހޮހޮޅައިގެ ތެރެއިން ކަމަށް ވެސް ބުނެފައި ވެއެވެ.

ހަށިގަނޑުތައް ހޮހޮޅައިން ނެގުމުގެ މަސައްކަތް ކުރިއަށް ހުރި ޑައިވްތަކުގައި ކުރުމަށް ރާވާފައި ވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ބުރާސްފަތި ދުވަހު ފަސް އިޓަލީ ފަތުރުވެރިން މި ހޮހޮޅައިގެ ތެރެއަށް ގާތްގަނޑަކަށް 50 މީޓަރު ފުނަށް ފީނައިގެން ގޮސް އެނބުރި ނައެވެ. އެ ދުވަހު ފެނުނީ ޑައިވް އިންސްޓްރަކްޓަރ ޖާންލޫކާ ބެނެޑެތީގެ ހަށިގަނޑު އެކަންޏެވެ. ހޮނިހިރު ދުވަހު ހޯދުމުގެ ޑައިވުގައި ފީނި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ޑީކޮމްޕްރެޝަން ސިކްނެސް ޖެހި ނިޔާވުމާ ގުޅިގެން ހޯދުން ސަސްޕެންޑް ކޮށް، ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން ޔޫރޮޕް) ގެ ފިންލެންޑް ތިން ތަޖުރިބާކާރުން ރާއްޖެ ގެނެސް މިއަދުގެ އޮޕަރޭޝަން ހިންގީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް