ޑޮކްޓަރުންގެ ދުވަސް 2019 ފާހަގަ ކުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ޑޮކްޓަރުން އެއް ވިއުގައެއްތެރޭ ގުޅާލަދީ، އެކަކު އަނެކަކަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭ ޚާއްސަ ޕްލޭނެއް އުރީދޫ އިން މިއަދު ތައާރަފްކޮށްފިއެވެ.
ޑޮކްޓަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ މި ޕެކޭޖު ތައާރަފްކޮށްފައިވަނީ، އުރީދޫ ހެޑްކުއާޓަރސްގައި މިއަދު ބޭއްވުނު ހަފްލާއެއްގައި، ޑޮކްޓަރސް އެސޯސިއޭޝަންގެ ރަޢީސް ޑރ. އަލީ ޝާހިދު މުހައްމަދު، އަދި އުރީދޫ މޯލްޑިވްސްގެ ސީ.އެފް.އޯ ތަވަބަލަން ޕޫބަލަސިންގަމް އެވެ.
ދިވެހި މުޖުތަމައުގެ ދުޅަހެޔޮކަމާއި މަންފާއަށްޓަކައި، ރާއްޖޭގެ ޑޮކްޓަރުން ދެވަނައެއްނެތް ދައުރެއް އަދާކުރާކަމަށާއި، މި ގައުމުގެ އެކިކަންކޮޅުތަކުގައި ބުރަކޮށް މަސައްކަތްކުރަމުންދާ އެންމެހާ ޑޮކްޓަރުންނަށް، މުޅި އުރީދޫ ޓީމުގެ ފަރާތުން، ޑޮކްޓަރުނގެ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރާ ކަމަށް މި ހަފްލާގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.
އަދި ޑޮކްޓަރުންގެ ދައުރު އަގުވަޒަންކުރާ މި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ޑޮކްޓަރުންނަށް ޙާއްސަ ޕްލޭނެއް ތައާރަފްކުރުމަކީ ލިބޭ އުފަލެއް ކަމަށް ވެސް ނަޖީބް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އެންމެހާ ޑޮކްޓަރުން އެއް ވިއުގައެއްގެ ތެރޭގައި ގުޅާލަދިނުމުގެ އިތުރުން، މި ޕްލޭންގައި ހިމެނޭ ޚިދުމަތްތަކުގެ ތެރޭގައި އުރީދޫ ކްލަބް ޕްރިމިއަރގެ ފައިދާތައް ލިބިގެންދިއުމާއި، ރާއްޖޭގެ އެންމެ ހަލުވި 4ޖީ+ ނެޓްވަރކު މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމަށް، ބޮޑެތި ޑޭޓާ އެލަވަންސްތަކާއިއެކު، ވައިބާ އަދި ޓްވިޓަރ ހިލޭ ބޭނުންކުރުމުގެ ފުރުސަތު ވެސް ހިމެނެއެވެ. މީގެއިތުރުން،ކޮޗްރޭން، ހިނާރީ ފަދަ މެޑިކަލް ވެބްސައިޓުތައް ބޭނުން ކުރުމަށް ޙާއްސަ ޑޭޓާ އެލަވަންސެއްވެސް ހިމެނެއެވެ.
އުރީދޫގެ ޑޮކްޓަރުންގެ ޕްލޭން، 1 މޭ 2019 އިން ފެށިގެން، ރާއްޖޭގެ އެންމެހާ ޑޮކްޓަރުންނަށްވެސް ޚިޔާރުކުރެވޭނެއެވ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް