ހިރިލަންދޫ ބިން ހިއްކުން ކުރިއަށްދާނެ: ރައީސް ސޯލިހް

ތ އަތޮޅު ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު މިހާރުއޮތް ޕްލޭނާއި އެއްގޮތަށް ކުރިޔަށްދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ އެ ...

18 Apr 2019 | 11:59

ތ އަތޮޅު ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު މިހާރުއޮތް ޕްލޭނާއި އެއްގޮތަށް ކުރިޔަށްދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެ ރަށު ކައުންސިލް މެމްބަރުންނާއި މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހިރިލަންދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި ހިރިލަންދޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢާއި، ޞިއްޚީ ދާއިރާއިން ހުރި ދަތިތަކާއި، ބަނދަރުގެ ރަނގަޅު ކުރަންހުރި ކަންކަން ހިމެނެއެވެ.

އެ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް