ކަނޑިތީމު ދައިރާގެ 1 ނަންބަރު ކެންޑިޑޭޓުގެ ތަސައްވުރަކީ ކޮބާ  ؟

އިންސާނަކު ދިރިއުޅޭ ތަނެއްގައި އެބަޔަކު ކުރާ އުންމީދުތަކާއި ދެކޭ ހުވަފެންތަކެއް ހުންނާނެއެވެ. މިއަދު ކަނޑިތީމު ދާއިރާ އެއް އަޑަކުން ގުގުމަމުން ދަނީ އަޅުވެތިކަން ނައްތާލަ ދޭނެ ހެޔޮ ބަދަލަކަށެވެ. 30 އަހ...

18 Mar 2019 | 14:10

އިންސާނަކު ދިރިއުޅޭ ތަނެއްގައި އެބަޔަކު ކުރާ އުންމީދުތަކާއި ދެކޭ ހުވަފެންތަކެއް ހުންނާނެއެވެ. މިއަދު ކަނޑިތީމު ދާއިރާ އެއް އަޑަކުން ގުގުމަމުން ދަނީ އަޅުވެތިކަން ނައްތާލަ ދޭނެ ހެޔޮ ބަދަލަކަށެވެ. 30 އަހަރުގެ ކަޅު ސަފްހާތަކަށް ނިމުމެއް ގެނެސް ދާއިރާ އަށް އުފަން ދާއިރާގެ ނޫކަށި ފުރާގެ ޒުވާނަކަށް ހުންގާނު ހަވާލު ކުރުމަށް ކެތްމަދު ވެފައިވާ ކމުގެ އޑުތަކެކެވެ.

މި ލިއުމުގައި ގައި މ ހިއްސާ ކޮށްލަނީ ކަނޑިތީމު ދާއިރާގައި މިވަގުތު އެންމެ ތާއިދު ބޮޑު ކެނޑިޑޭޓު ފަޔާޟް ޔޫސުފް ދާއިރާ އަށް ގެންގުޅުއްވާ ތަސައްވުރާއި ދެކިވަޑައިންނަވާ ހުވަފެންތަކެވެ.

ފާއިތުވި މާޒީގެ ހިތިތަޖުރިބާ ތައް އެއްފަރާތް ކޮށް ދާއިރާ އަށް ގެެންނަން އަޒުމު ކަނޑަ އަޅާފައިވާ ބައެއް ކަންކަމެވެ. އިންތިޚާބު ތަކާއި ގުޅޭ އާންމު ގާނޫނާއި ކޮރަޕްޝަން ތައްތާލުމާއި ގުޅޭ ގާނޫނުން ބައެއް ކަހަލަ ވައުދު ވުމަކީ މަނާ ކަމަކަށް ވާތީ ވައުތަކުގެ ތަފްސޅެއް މި ލިއުމުގައި ހިއްސާ ކޮކޮށް ފައެއް ނުވާނޭއެވެ.

ފަޔާޒްގެ ތަސައްވުރާއި ގުޅޭ ގޮތުން ދުވަސް އޮންލައިން އިން ސުވާލު ކުރުމުން " އަޅުގަނޑުގެ ތަސައްވުރަކީ އަޅުވެތި ކަމުން ސަލާމަތްވެ ވަކި ފަރުދަކަށް ކަންކަމުގައި ބަރޯސާވާ ބަރޯސާވުން ނިމުމަކަށް ގެނެސް; ތަހުޒީބީ އަދި އަސާސީ ހައްގުތައް ލިބި ހަމަ އިސްކޮޅަށް ތެދުވެފައި ތިބި ބަޔަކު އުޅޭ ތަަރައްގީގެ ހަލުވި ދުވެއްޔާއި އެކު ޒުވާނުން ނަށް ފަހި ފުރުޞަތު ތަކެއް ހޯދަދިނުން" ވިދާޅުވީ މިހެންނެވެ.

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާތޯ ބަލައި ފާރަވެރިވެ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާ މިންވަރާއި ގުޅޭ މައުލޫމާތު ހިނދުން ހިނދަށް ގެނެސްދޭނެ ކަމަށްވެސްވިދާޅު ވިއެވެ. މީގެ އިތުރުން ތިރީގައި އެވާ ކަންކަން ކުރުމަށް ފަސް ނުޖެހޭނޭ ކަމަށް ވިދާޅުވިއެވެ

* ބަޖެޓުގައި ދާއިރާގެ ރަށްތައް ތަފާތު ކުރުމެއް ނެތި މަޝްރޫޢު ތައް ހިމެނުމަށް މަސައްކަތް ކޮށް ދިނުން.

* އެޖެންޓަކާއި ނުލައި ރައްޔިތުންނާއި ފަސޭހަ އިން ބައްދަލުވާނެ އިންތިޒާމެއް ގާއިމު ކުރުން

* ރައްޔިތުންނާއި ގުޅޭ ބިލުތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުން

* މަޖިލީހުގައި ގޮތް ނިންމާ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުން

* ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއު ތަކަށް އެއްބާރުލުން ދެއްވުން

ފަޔާޒުގެ އަމާޒު ހުރީ ދާއިރާގެ ތެރޭގައި އެއަރޕޯޓެއް އަޅަން ސަރުކާރުން ވެފައިވާ ވައުދު ނުފުއްދާ ނަމަ ކަމާއި ގުޅުންހުރި ވަޒީރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށް އެކަމުގައި ފަސްޖެހޭ ގޮތަކަށް ނޫން ކަމަށެވެ.

ދާއިރާގެ ރަށްތަކަށް 30 އަހަރު ވަރަށް ގިނަ އިހްމާލުވުން ތަކެއް ވެފައިވާ ކަން ފާހަގަ ކުރައްވާ ފަޔާޒް އިތުރަށް ވިދާޅުވީ; ފެނާ ނަރުދަމާ އަށް ބޭނުންވެފައިވާ އެތަކެއް ދަރީންނެއް ތިބިއިރު ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާގެ ހާލަތަށް ރިއާޔަތް ކޮށް ބަލައި އިންސާނީ ތަރައްގީއަށް ކޮށްފައިވާ މަސައްކަތް 30 އަހަރާއި އަޅާ ބަލާއިރު ފެންނަން ނެތުމަކީ ދެރަ ކަމެއް ކަމަށާއި އިންތިޚާބު ތަކާއި ދިމާކޮށް ވަކި ވަކި ފަރުދުންގެ ރުހުން ހޯދުމަށް ކޮރަޕްޝަންގެ ކަޅު ފައިސާގެ ނުފޫޒު ފޯރުވާ ކަން ތުހުމަތު ރައްޔިތުން ކުރަނީ އަސަރާއި އެކުގައި ކަމަށް ފަޔާޒް ވިދާޅު ވިއެވެ.

އަދި ތަރައްގީގެ މަޝްރޫޢު ތައް ހިންގުމަށް ރައީސް ވައުދުވީ ވަކި ބޭފުޅަކު އިންތިޚާބު ކޮށްދިނީމަ ނޫނީ ނުކުރާ ގޮތަށް ނޫންކަން ފާހަގަ ކުރައްވާ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު ތަކަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވިއެވެ. މިއަދު އިންދި ބާވަތެއްގެ ގޮވާމެއް މެނުވީ މާދަމާ ކަނޑަން ނުލިބޭނޭ ކަމަށާއި މިއަދު އަޅުގަނޑުމެން ގާނޫނު ހަދާ މަޖިލީހަށް ދާއިރާ ތަމްސީލު ކުރުމަށް ފޮނުވާ މީހަކީ ތައުލީމީ އަދި އެކަމުގެ ހުނަރު ހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށާއި ފުރުޞަތު ލިބި ދާއިރާގެ ހައްގުގައި އެންމެ ފަހަރަކު ނަމަވެސް ދާއިރާގެ ކަންބޮޑުވުން ތަކަށް ޖަވާބު ހޯދައި ދިނުމަށް މަޖިލީހުގައި ވަޒީރުން ހާޒިރު ކޮށް މަސައްކަތް ކޮށްފައި ނުވާ ފަރާތް ތަކަށާއި އާރާއި ބާރު ލިބުމުން ދާއިރާގެ ރައްޔިތުންގެ އުދާސްތައް އަޑު ނާހައި ށ އެއަރޕޯޓް ދާއިރާ އާއި ފެޔަށް ޖައްސާލި ފަރާތްތަކަށް މިއަދު ދާއިރާ އޮތީ ނޫނެކޭ ބުނަން ތައްޔާރަށް ކަމަށް ފަޔާޒް ވިދާޅުވިއެވެ. އަދި ދާއިރާގެ ދަރީންގެ މުސްތަގުބަލު އުޖާލާ ކޮށް ދިނުމށް ފަޔާޒަށް ފުރުޞަތު ދިނުން އެދޭކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް