ހައިވޭގައި ދުއްވާފައި ދިޔަ ޓެކްސީއެއް ހުޅުމާލެ ކައިރި ހުރި ޑިވައިޑަރު ތަކެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.
މި އެކްސިޑެންޓް ހިގާފައިވަނީ މިއަދު 11:34 އެހާއިރުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދީފައިވާ ގޮތުގައި މި ޓެކްސީއަކީ މާލެއިން ހުޅުމާލެއަށް ދުއްވާފައިދިޔަ ޓެކްސީއެކެވެ. އަދި ޓެކްސީގައި އިނީ ހަމައެކަނި ޑްރައިވަރު ކަމަށާއި، އެއްވެސް މީހަކަށް މި އެކްސިޑެންޓުގައި އަނިޔާވެފައި ނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޓެކްސީ ޑްރައިވަރަކީ ޓެކްސީ ލައިސެންސް އަދި ޓެކްސީ ދުއްވުމުގެ ހުއްދަ އޮންނަ ފަރާތެއްކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް