ޖީއެސްޓީ ގާނޫނު އިސްހާލުކުރަން އާންމުންގެ ހިޔާލު ހޯދަނީ

މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ  އިސްލާހުތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައިވަނީ ރާއްޖޭގެ ޓެކްސްގެ ނިޒާމ...

18 Feb 2020 | 14:27

މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ  އިސްލާހުތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައިވަނީ ރާއްޖޭގެ ޓެކްސްގެ ނިޒާމަކީ ދެ ފުށް ފެންނަ، ހަމަހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ހެދުމަށާއި އެއީ ބައިނަލްއަގްވާމީ ގޮތުން ގަބޫލު ކުރެވޭ މިންގަނޑުތަކާ އެއްގޮތަށް އޮތް ނިޒާމަކަށް ހެދުމަށް ޓެކްސްއާ ގުޅޭ ގާނޫނުތައް އިސްލާހު ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން މި އަހަރުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހުކުރުމަށް ނިންމާފައިވާތީ އެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާމެދު އާންމުންގެ ހިޔާލުފާޅުކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެހެންކަމުން އެ ގާނޫނަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންވާނަމަ އަންނަ މާޗު މަހުގެ ފަހެއްވާ ބުރާސްފަތި ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ޔުނިޓަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

އެހެންކަމުން އެ ގާނޫނަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންވާނަމަ އަންނަ މަހުގެ ފަހެއްވާ ބުރާސްފަތި ދުވަހާ ހަމައަށް އީމެއިލް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު  އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި ފޮނުވާ އިސްލާހުގެ ޕީޑީއެފް ކޮޕީއާއެކު މައިކްރޮސޮފްޓް ވޯޑް ޑޮކިއުމެންޓް ވެސް ހިމެނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް