ރައީސް ޔާމީން ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދު ކުރަން ކުރި އަމުރާއެކު އެމަނިކުފާނު ހައްޔަރުކޮށްގެން މާފުށީ ޖަލަށް ގެންގޮސްފިއެވެ. ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު...

18 Feb 2019 | 12:52

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދު ކުރަން ކުރި އަމުރާއެކު އެމަނިކުފާނު ހައްޔަރުކޮށްގެން މާފުށީ ޖަލަށް ގެންގޮސްފިއެވެ.

ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކުރީ ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރ ކުރުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައެވެ.

https://twitter.com/Corrections_Mv/status/1097481840091267072

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެސްއޯއެފްގެ ދެ ޗެކަކުން ރައީސް ޔާމީންގެ އެކައުންޓަށް ފޮނުވި އެއް މިލިޔަން ޑޮލަރު ލޯންޑަރ ކުރި ކަމުގެ ތުހުމަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް