ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުކުރަން އަމުރުކޮށްފި

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ދެންމެ އަމުރުކޮށްފިއެވެ. ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފ...

18 Feb 2019 | 11:08

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ދެންމެ އަމުރުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކޮރަޕްޝަންގެ ފައިސާއިން އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާ ލޯންޑަރ ކުރި މައްސަލައިގައެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވިދާޅުވެފައިވަނީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާކަމަށެވެ. ހެކިންނަށް ޔާމީން ފައިސާ ހުށަހަޅާފައިވާކަން މައްސަލައިގައި ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަން ދައުލަތުގެ ވަކީލާ ފާހަގަކުރެއްވިއެވެ. އަދި ތަހުގީގަށް ދިން ބަޔާންތައް ބަދަލުކުރަން ވެސް ޔާމީން ފައިސާ ހުށަހެޅި ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އިސްލާމިކް ބޭންކްގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް ދެ ޗެކަކުން އެއް މިލިޔަން ޑޮލަރު ޖަމާކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފަޅާއެރި ފަހުންނެވެ. އެ ފައިސާ އޭސީސީއާއި ހަވާލުކުރައްވަން ރައީސް ޔާމީން އިންކާރު ކުރެއްވި ނަމަވެސް ފަހުން އެކްސްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ އެ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ. އެކްސްރޯ އެކައުންޓް ހުޅުވާފައިވަނީ އޭސީސީއާއެކުގައެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް