ކަނޑުމަތީގައި ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ލޯންޗްގައި ތިބި ފަތުރުވެރިންތަކަކަށް އަނިޔާވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އދ. އަތޮޅުގައި ދެ ލޯންޗެއް ޖެހި އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، ދެ ލޯންޗް ޖެހި އެކްސިޑެންޓް ހިނގަން މެދުވެރިވީ މާމިގިިއްޔާއި އަރިޔަދޫ ކައިރިއަށް ސަން އައިލެންޑްގެ ލޯންޗަކުން ގެސްޓުން މޫދަށް ބާލައި އެ ސަރަހައްދުގައި މަޑުކޮށްގެން ތިއްބާ ދަތުރު ކުރި އެހެން ލޯންޗެއްގެ ކޮންޓްރޯލް ގެއްލި ސަން އައިލެންޑްގެ ލޯންޗުގައި ޖެހިގެން ކަމަށެވެ.
މި ހާދިސާގައި ސަންގެ ލޯންޗުގައި ތިބި ބައެއް ފަތުރުވެރިންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، އެ މީހުން މާމިގިލި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް