ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ އެ ރަށުން ހައްޔަރު ކުރި ކުއްޖާގެ ކާފަ އާއި މުނިކާފަ މާލެ ގެނެސްފި އެވެ.
މި ދެމީހުން މާލެ ގެނައި ސީދާ ގަޑި ނޭގުނަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލުހުންގެ ބެލުމުގެ ދަށުން ދެމީހުން ގެންދާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި ކުއްޖާގެ މުނިކާފަ އިނީ ވީލް ޗެއާއެއްގައި އެވެ.
އިއްޔެ މެންދުރު ފަހު އެ ދެމީހުން ހައްޔަރު ކުރުމަށް ފަހު ބަންދާމެދު ގޮތެއް ނިންމުމަށް ގެންގޮސްފައިވަނީ އެ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށެވެ. އެ ރަށުގައި މެޖިސްޓްރޭޓަކު ނެތުމުން15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްދިނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ގެންގޮސްގެންނެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުން ވިލިނގިއްޔާއި ގެމަނަފުށީ ޕޮލިސް ސްޓޭޝަން ބަންދުގައި ބޭތިއްބުމާއި ދެކޮޅަށް އެ ރަށްރަށުގެ އާންމުން ވަނީ ދެކޮޅު ހަދާފަ އަޑުގަދަކޮށްފައި އެވެ. އެހެންވެ މާލެ ގެނައުމާ ހިސާބަށް އެމީހުން ރޭ ބައިތިއްބާފައި ތިބީ ލ. ކަންދޫ އަސްކަރީ ވައިގެ މަރުކަޒު ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް