މަޖިލިސް ޕްރައިމަރީ އެމްޑީޕީ ވޯޓްލުން ފަށައިފި

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލުން ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށައިފިއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރ...

18 Jan 2019 | 10:41

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލުން ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށައިފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައި ވެސް ކުރިއަށް ދާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ. މިގޮތުން ރާއްޖޭން ބޭރުގައި ވޯޓް ފޮށި ބެހައްޓާފައިވަނީ، އިންޑިއާ ޝްރީލަންކާ އަދި މެލޭޝިޔާގައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލުން ފާށާފައިވަނީ މިއަދު މެންދުރު 2:30 ގައެވެ. އަދި ވޯޓް ފޮށިތައް ބަންދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. އެމްޑީޕީން ވަނީ މަޖިލީހުގެ އެއްދާއިރާ ނުން އެހެން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފައެވެ.

އެމްޑީޕީގެ ފަރާތުން ބާއްވާ މިއިންތިހާބުގައި، 280 ކެނޑިޑޭޓުން ވާދަކުރާނެއެވެ. އަދި މި ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ 86091 މީހުން އެބަ ތިއްބެވެ. އަދި މުޅި ރާއްޖޭގައި އިންތިހާބާއި ގުޅިގެން، 270 ވޯޓް ފޮށި ބަހައްޓާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

މާލޭގައި ބަހައްޓާ ވޯޓު ފޮށިތައް ބަހައްޓަން ހަމަޖެހިފައިވަނީ މައްޗަންގޯޅި ހުރިހާ ދާއިރާތަކާއި، މ، ފ، ދ އަތޮޅުގެ ދާއިރާތަކުގެ މަދުރަސަތުލް އަރަބިއްޔާގަ އެވެ. އަދި ގއ. އާއި ގދ. އާއި ވ އަތޮޅުގެ ދާއިރާތައް އަމީނިއްޔާ ސްކޫލުގައެވެ.

ހއ. ހދ، ށ. އަދި ނ އަތޮޅުގެ ދާއިރާތައް އިސްކަންދަރު ސްކޫލްގައި، އަދި ގަލޮޅު ދެކުނާއި ރ ބ، ޅ އަތޮޅުގެ ދާއިރާތައް އިމާދުއްދީން ސްކޫލްގަ އެވެ. ހެންވޭރުގެ ހުރިހާ ދާއިރާތަކާއި، ތ. ލ އަތޮޅުގެ ދާއިރާތައް ކަލާފާނު ސްކޫލްގައި، އަދި މާފަންނު ހުރިހާ ދާއިރާތަކާއި، ޏ ކ އަތޮޅުގެ ދާއިރާތައް ހިރިޔާ ސުކޫލުގައެވެ. ވިލިމާލޭގައި ވޯޓުލުން މުހިއްދީން ސްކޫލްގައި ބާއްވާއިރު، ހުޅުމާލޭގެ ވޯޓުލުން އޮންނާނީ ރެހެންދި ސްކޫލްގައެވެ. އަދި އައްޑޫ ހުރިހާ ދާއިރާތަކާއި، އއ، އދ އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުން އޮންނާނީ ތާޖުއްދީން ސްކޫލްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް