ސިމެންތި ބަސްތާ ބޯމައްޗަށް ވެއްޓި ކުޑަކުއްޖާ މަރުވި މައްސަލައިގާ ޑަބްލިއު ކޮންސްޓްރަކްޝަންގެ ބޯޑު ޑިރެކްޓަރުން ހައްޔަރުކޮށް ދައުވާ ކުރަންޖެހޭ ކަމުގައި ކުރީގެ އެޓާނީ ޖެނެރަލް އަދި ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވެފައިވަނީ "ސިމެންތި ބަސްތާއިން ޖެހި ޒަހަމްވި ކުއްޖާ މަރުވެއްޖެ" މި ސުރުހީގެ ދަށުން މިހާރު ނޫހުގައި ޝާއިޢު ކޮށްފައިވާ ޚަބަރު ޓްވީޓް ކުރައްވަމުންނެވެ.
"ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހައްޔަރުކޮށް ޖިނާއީ ދައުވާ ކުރަންޖެހޭ" ހުސްނުއް ސުއޫދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ބަންގްލަދޭޝް ދެ ޑޮކްޓަރެއްގެ ދޮށީ އަންހެން ކުއްޖާ، ޖިއާން މިއަދު މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސްވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާއިން ޖެހި ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ޖިއާންގެ އޮޕަރޭޝަންތަކެއް އިއްޔެ އައިޖީއެމް ހޮސްޕިޓަލުގައި ކޮށްފައިވާއިރު މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް