އިންޑިޔާއާ ދިވެހިރާއްޖެއާ ދެމެދު ހަތަރު އެބަސްވުމެއްގައި ސޮއިކޮއްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އިންޑިޔާ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތައް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރައްވާފައިވަނީ މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމަށް ފަހުގަކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
- ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ބަދަލު ކުރެއްވި އެއްބަސްވުންތަކަކީ:
- ވިސާގެ ކަންކަން ލުއިފަސޭހަ ކުރުމަށްޓަކައި "އެގްރިމެންޓް އޮން ދަ ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމަންޓްސް"
- ޘަޤާފީ ގުޅުން ބަދަހި ކުރުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ކަލްޗަރަލް ކޯޕަރޭޝަން"
- ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ފޮރ އެސްޓޭބްލިޝިންގ މިއުޗުއަލް ކޯޕަރޭޝަން ޓު އިމްޕްރޫވް ދި އިކޯސިސްޓަމް ފޮރ އެގްރިބިޒްނަސް"
- ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން "ޖޮއިންޓް ޑެކްލެރޭޝަން އޮފް އިންޓެންޓް އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް އިންފޯމޭޝަން އެންޑް ކޮމިޔުނިކޭޝަންސް ޓެކްނޮލޮޖީ އެންޑް އިލެކްޓްރޯނިކްސް"
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުންތައް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތައްފަހު ރައީސުލްޖުމްހޫރިއްޔާއާ އިންޑިޔާގެ ބޮޑުވަޒީރު ވަނީ ޕްރެސް ސްޓޭޓްމަންޓެއް ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް