ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މިހާރުގެ ރައީސުލްޖުމްޙުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ބޭންކް ސްޓޭޓްމެންޓް ފޮނުވައިިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އިންތިހާބުގެ ކުރިން ދެ ކެންޑިޑޭޓުންނަށްވެސް މާލީ ބަޔާނާއި އެކު ބޭންކް ސްޓޭޓްމެންޓް ފޮނުވަން އަންގާވައި ވާކަމަށާއި، އެހެންނަމަވެސް އެއްވެސް ކެނޑިޑޭޓެއް ބޭންކް ސްޓޭޓްމެންޓް ފޮނުވާފައި ނުވާކަމަށެވެ.
އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނުގެ 73 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަމްބަރުގައި ބުނެފައި ވަނީ އެ ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ހުޅުވާފައިވާ ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓް ސްޓޭޓްމަންޓް މާލީ ބަޔާނާއެކު ހުށަހަޅަން ވާނެ ކަމަށެވެ.
ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހްގީގު ކުރަމުންނެވެ. އެގޮތުން ފުލުހުން ހިންގި ތަހްގީގުގެ ތެރެއިން ރައީސް ޔާމީންގެ އެކައުންޓުތައް ހިފަހައްޓައި، 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފުލުހުން ވަނީ ފްރީޒް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް