ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިޔާގެ ސަރުކާރުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދަންނަވާފައިވަނީ ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއިި އެކުއެވެ. އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، އިންޑިޔާގެ އިންޑިޔާގެ ރައީސް ރާމް ނާތް ކޯވިންދާއާއި، ބޮޑުވަޒީރު ނަރެންދަރަ މޯދީއެވެ.
ރައީސް ސޯލިހުގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި ޑައިސް އަށް އަރާވަޑައިގަތުމާއެކު ދެ ޤައުމުގެ ޤައުމީ ސަލާމް ވަނީ ކުޅެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑު އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރުގެ ދަޢުވަތަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް