ޑަބްލިއު ކޮންސްޓްރަކްޝަންގެ އިމާރާތް ކުރުމުގެ ހުއްދަތައް ވަގުތީ ގޮތުން ބާތިލްކޮށްފި

ޑަބްލިއު ކޮންސްޓްރަކްޝަންއިން ހަދަމުންދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން އެ ކުންފުންޏަށް ދޫކޮށްފައިވާ އިމާރާތް ކުރުމުގެ ހުއްދަ ...

17 Dec 2018 | 03:29

ޑަބްލިއު ކޮންސްޓްރަކްޝަންއިން ހަދަމުންދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން އެ ކުންފުންޏަށް ދޫކޮށްފައިވާ އިމާރާތް ކުރުމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލް ކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުންދިޔައީ ގަވައިދާ ހިލާފަށް ކަމަށާއި މަސައްކަތް ކުރުމަސް ހޯދަން ޖެހޭ ހުރިހާ ހުއްދަތަކެއް ހޯދާފައި ނުވާ ކަމަށެވެ. އެގޮތުން އެތަނުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ ސައިޓެއްކަން އަންގައި ދިނުމަށް ޖަހާފައިވާ ބޯޑަކީ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް މާ ކުރިން ދޫކޮށްފައިވާ ބޯޑެއްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

އެ ކައުންސިލުން ބުނީ އެ މަސައްކަތް ކުރުމަށް އެފަދަ ބޯޑެއް ދޫކޮށްފައި ނުވާ ކަމަށެވެ.

އެކަމަކު އެ ކުންފުނިން ބުނެފައިވަނީ މަސައްކަތް ކުރަމުން ދިޔައީ ނަގަން ޖެހޭ ހުރިހާ ހުއްދަ ތަކެއް ނަގައިގެން ކަމަށެވެ.

މިހާދިސާގައި ޒަހަމްވެފައިވަނީ ބަންގްލަދޭޝްގެ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާއަށް ޑަބްލިއު ކޮންސްޓްރަކްޝަނުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެއީ ފ. ނިލަންދޫގައި މަސައްކަތް ކުރާ އަންހެން ޑޮކްޓަރެއްގެ ދަރިއެކެވެ. އެމީހުން މާލެ އައި ކަމަށް ވަނީ ފަސް ދުވަހުގެ ޗުއްޓީ އަކަށެވެ.

ހާދިސާގައި ކުއްޖާގެ ބޮލާއި، ފައި، ކޮނޑު ކަށިގަނޑު އަދި އެތެރެ ހައްޓަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބި ގިނަ އަދަދަކަށް ހަށިގަނޑުން ލޭ ފައިބާފަ އެވެ. އަދި ވަގުތުން އައިޖީއެމްއެޗަށް ގެންގޮސް އެމަޖެންސީކޮށް ވަނީ އޮޕަރޭޝަނެއް ކޮށްފައި އެވ. އެކަމަކު އަދިވެސް ކުއްޖާގެ ހާލު ސީރިއަސް ކަމަށްވެ އެވެ.

ސިމެންތި ބަސްތާ ވެއްޓުނު މައްސަލައިގައި މާލޭގައި އިމާރާތް ކުރުމުގެ ހުއްދަ ދިނުން ވަގުތީ ގޮތުން މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ.

އަދި މާލޭގެ އިމާރާތް ކުރަމުންދާ ހުރިހާ ތަނެއްގެ ސަލާމަތީ ކަންކަން ހުރި ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަމުރު ވެސް ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް