ދޮރުތައް ހުޅުވައިގެން ނިދުމުން ނިދީގެ ކޮލިޓީ ރަނގަޅުކޮށްދޭ: ދިރާސާ

ނިދާއިރު ކޮޓަރީގެ ދޮރު ނުވަތަ ކުޑަދޮރު ހުޅުވާފައި ބެހެއްޓުމުން ނިދީގެ ކޮލިޓީ ރަނގަޅުވާ ކަމުގައި ނެދަލެންޑްގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި ދޮރު ނުވަތަ ކުޑަދޮރު ހުޅ...

17 Dec 2017 | 03:47

ނިދާއިރު ކޮޓަރީގެ ދޮރު ނުވަތަ ކުޑަދޮރު ހުޅުވާފައި ބެހެއްޓުމުން ނިދީގެ ކޮލިޓީ ރަނގަޅުވާ ކަމުގައި ނެދަލެންޑްގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި ދޮރު ނުވަތަ ކުޑަދޮރު ހުޅުވާފައި ހުރުމުން ކޮޓަރި ތެރެއިން ކާބޮންޑައި އޮކްސައިޑްގެ މިންވަރު ދަށްވެ ނިދީގެ ފެންވަރު ހީވެސް ނުކުރާހާ ރަނގަޅު ކަމަށް ދައްކާފައިވާކަމަށް މި ދިރާސާ ހެދި ޓީމުން ބުނެފައި ވެ އެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. އަސީތު މިސްރާ ބުނެފައިވަނީ އުމުރުގެ ތިންބައިކުޅަ އެއްބައި އަހަރެމެން ހޭދަކުރަނީ ނިދާ ކޮޓަރީގައި ކަމަށާއި އެހެންނަމަވެސް އެކޮޓަރީގެ މާހައުލާމެދު ވިސްނަނީ މަދު ބަޔަކު ކަމަށެވެ.

17 މީހަކު ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާގައި އެމީހުން އެއްރޭ ނިދާފައިވަނީ ކޮޓަރިތަކުގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕައިގެންނެވެ. އަނެއް ރޭ ނިދާފައިވަނީ ދޮރުތަކާއި ކުޑަދޮރުތައް ހުޅުވައިގެންނެވެ. ދިރާސާގެ ބައިވެރިން ނިދާފައި ތިބި ވަގުތުތަކުގައި ޑރ. އާސިތު އާއި އޭނާގެ ޓީމުން ދިޔައީ އެ ކޮޓަރިތަކުގެ ފިނިހޫނުމިނާއި ކާބަން ޑައިއޮކްސައިޑް ހުރި މިންވަރު ބަލަމުންނެވެ.

މި ދިރާސާއަކީ ނެދަލެންޑްގެ އެޑްހޮވެން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން ކުރިއަށްގެންދިޔަ ދިރާސާ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް