ޕްރިންސް ވިލިއަމް އާއި ކޭޓް އޮޓޯގައި ރަސްމިއްޔާތަށް ވަޑައިގެންނަވަނީ --
މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމްއާއި އަނބިކަނބަލުން ޕްރިންސަސް ކޭޓް މުމްބާއީގެ ރޭލާއި އޮޓޯ ދަތުރު ތަޖުރިބާ ކުރައްވައިފި އެވެ.
ޕްރިންސް ވިލިއަމްގެ މި ދަތުރުފުޅަކީ އޭނާގެ އަމިއްލަ ޖަމިއްޔާ ކަމަށްވާ މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގެ ބޭނުމުގައި 2020 ވަނަ އަހަރު ވިލިއަމް އުފެއްދެވި އާތުޝޮޓް ޕްރައިޒް ދިނުމަށް ކުރައްވާ ދަތުރެކެވެ. މި މަސައްކަތުގެ ދަށުން ފަސް ފަރާތަކަށް، ކޮންމެ ފަރާތަކަށް އެއް މިލިއަން ޕައުންޑް (1.3 މިލިއަން ޑޮލަރު) ދީގެން ތިމާވެއްޓާއި ގުޅުން ހުރި ޕްރޮޖެކްޓުތައް ފުޅާކުރުމަށް އެހީވެ އެވެ.
އިއްޔެ އިންޑިއާއަށް ވަޑައިގެން ތިމާވެއްޓާއި ރައްޓެހި މާހައުލު ގާއިމްކޮށް، ޕަބްލިކް ޓްރާސްޕޯޓު ބޭނުން ކުރަން ބާރު އެޅުމަށް ވިލިއަމްގެ ދެ ކަނބަލުން ވަނީ މުމްބާއީގެ ވިދަން ބަވަން މެޓްރޯ ސްޓޭޝަނުން ބަންދްރަ ކާލާ ކޮމްޕްލެސްއަށް ރޭލުގައި ދަތުރުކޮށްފައި އެވެ. މި ދަތުރުގައި ދަތުރުގެ ބައިވެރިންނާއި އެކު ވަގުތު ހޭދަކޮށް ވާހަކަދައްކާ ހިޔާލު ބަދަލުކޮށްފައިވެ އެވެ.
މިއަދު ދެކަނބަލުން ދަތުރު ކުރެއްވީ އޮޓޯއެއްގައި އެވެ. ޕްރިންސް ވިލިއަމް ޑްރައިވަރެއްގެ ގޮތުގައި ދަތުރު ކުރި އޮޓޯއަކީ ރީޗާޖް ކުރާ އޮޓޯ އެކެވެ. އެ އޮޓޯގައި ދެކަނބަލުން ވަޑައިގެންނެވީ އާތުޝޮޓް ޕްރައިޒް ލިބުނު ފަސް ފަރާތާއި ބައްދަލު ކުރުމަށް މުމްބާއީގައި ހަފްލާ ބޭއްވި ހޮޓަލަށެވެ.

ޕްރިންސް ވިލިއަމްގެ ދަތުރުފުޅު މާދަމާ ނިންމާލާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލު ކުރެއްވުމަށް ފަހު އެވެ، ވިލިއަމްގެ ދެ ކަނބަލުންގެ މި ދަތުރަކީ ކެންސަރު ބައްޔަށް ޕްރިންސަސް ކޭޓް ފަރުވާކޮށް ރަނގަޅުވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ޕްރިންސް ވިލިއަމްގެ އޮފީހުން ބުނެފައިވާ ގޮތުގައި ޕްރިންސަށް އާތުޝޮޓަކީ ނާއުންމީދުގެ ބަދަލުގައި ފުރުޞަތުގެ ވާހަކަ" ކަމަށާއި، "ދުނިޔެ ކުރިމަތިލާ ތިމާވެށީގެ ގޮންޖެހުންތައް ބޮޑު ނަމަވެސް، ހައްލު ހޯދުމަށް ބޭނުންކުރާ ވިސްނުންތެރިކަމާއި ހިތްވަރާއި ހުނަރުވެރިކަން ހަމަ އެހާމެ ވަރުގަދަ" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް