ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީތައް ހިމެނޭ ފޮތެއް އިފްތިތާހުކޮށްފި

ރައީސް މުއިއްޒު ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން 156 ހަފުތާގެ ކާމިޔާބީތައް ހިމެނޭ ފޮތެއް އިފްތިތާހުކުރައްވައިފިއެވެ. އެ ފޮތް ޑިޖިޓަލްކޮށް ހިލޭ ލިބޭނެއެވެ.

17 Nov 2026 | 22:52
ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީތައް ހިމެނޭ ފޮތެއް އިފްތިތާހުކޮށްފި

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ފާއިތުވި 156 ހަފުތާގައި ސަރުކާރުގެ އެކި ދާއިރާތަކުން ހިންގި މަޝްރޫއުތަކާއި ހާސިލުކުރި ކަންކަމުގެ ތަފްސީލު ހިމެނޭ ހާއްސަ ފޮތެއް މިރޭ ނެރެދެއްވައިފިއެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުރީގެ ދެ އަހަރެކޭ ހިލާފަށް، މި ތިން ވަނަ އަހަރު ސަރުކާރުން ހިންގި މަސައްކަތްތައް ރައްޔިތުންނަށް ފަސޭހައިން ފެންނާނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ. އެ ގޮތުން އަމިއްލަ ފޯނަށް ޑައުންލޯޑުކޮށްގެންނާއި ވެބްސައިޓް މެދުވެރިކޮށް ޑިޖިޓަލްކޮށް އެ ފޮތް ކިޔައިލެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

މިރެއިން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ކޮންމެ ފަރާތަކަށް ވެސް ހިލޭ އެ ފޮތް ޑައުންލޯޑުކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް