ބަންގުލަދޭޝް މަސައްކަތްތެރިންގެ ލިޔެކިޔުން ހަމަކުރުމަށް ލ. އަތޮޅުގައި ކޮންސިއުލާ ކޭމްޕެއް ބާއްވަނީ

ލ. އަތޮޅުގައި މަސައްކަތްކުރާ ބަންގުލަދޭޝް ރައްޔިތުންގެ ލިޔެކިޔުން ހަމަކުރުމަށް މި މަހުގެ 19 އިން 21 އަށް މާންދޫގައި ކޮންސިއުލާ ކޭމްޕެއް ބާއްވަން ހައިކޮމިޝަނާއި ކައުންސިލްތައް ގުޅިގެން ވަނީ ރާވައިފައެވެ.

17 Nov 2026 | 22:37
ބަންގުލަދޭޝް މަސައްކަތްތެރިންގެ ލިޔެކިޔުން ހަމަކުރުމަށް ލ. އަތޮޅުގައި ކޮންސިއުލާ ކޭމްޕެއް ބާއްވަނީ

ލ. އަތޮޅުގައި މަސައްކަތްކުރާ ބަންގުލަދޭޝް ރައްޔިތުންގެ ލިޔެކިޔުންތައް ފުރިހަމަކޮށްދިނުމަށް ޓަކައި މި މަހުގެ 19 އިން 21 އަށް ލ. މާންދޫގައި ކޮންސިއުލާ ކޭމްޕެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ހޮރައިޒަން ފީޝަރީޒް އާއި ގަމު ކައުންސިލާއި ފޮނަދޫ ކައުންސިލް އަދި ބަންގުލަދޭޝް ހައިކޮމިޝަން ގުޅިގެން ރާވާ މި ކޭމްޕުގެ ބޭނުމަކީ އެ އަތޮޅުގައި ދިރިއުޅޭ ބަންގުލަދޭޝް މަސައްކަތްތެރިންނަކީ ގާނޫނީ ގޮތުން ހުރިހާ ލިޔެކިޔުމެއް ހަމަވެފައިވާ ބައެއް ކަމުގައި ހެދުމެވެ.

Advertisement

މި ހިދުމަތް ހޯދުމަށް ކޮންމެ ފަހަރަކު މާލެ ދާން ޖެހުމުން ކުރިމަތިވާ ހަރަދާއި ބުރައަށް ލުޔެއް ހޯދައިދިނުމަކީ ވެސް މި ކޭމްޕުގެ މުހިންމު އެއް މަގުސަދެވެ. ތިން ދުވަހުގެ މި ކޭމްޕުގައި ޕާސްޕޯޓާއި ކާޑު ހެއްދުމުގެ އިތުރުން ބަންގުލަދޭޝް ހައިކޮމިޝަން މެދުވެރިކޮށް ފޯރުކޮށްދޭ އެ ނޫން ވެސް ހިދުމަތްތައް ލިބޭނެއެވެ.

މި ކޭމްޕުގެ ސަބަބުން ލ. އަތޮޅުގައި ތަފާތު މަސައްކަތްތައް ހިންގާ ފަރާތްތަކަށް ވެސް ފައިދާ ކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް