މައްސަލައެއް އަލުން ރީ އޯޕަންކޮށް ފައިރިޝް ޝަރީއަތް ނިމެންދެން ބަންދަށް

17 Nov 2026 | 22:20
މައްސަލައެއް އަލުން ރީ އޯޕަންކޮށް ފައިރިޝް ޝަރީއަތް ނިމެންދެން ބަންދަށް

ފުރަމާލޭގައި ހެންވޭރުކޮޅުގައި އާންމު އުނދަގުލަކަށްވި އަޙްމަދު ފައިރިޝް މައްސަލައެއްގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މިއަދުގެ ކޯޓު އަމުރަކުން އެނގޭގޮތުގައި ހއ. ހޯރަފުށީ، ނޫވިލުގޭ، އުމުރުނު 43 އަހަރުގެ އަޙްމަދު ފައިރިޝް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވަނީ ބިރުދައްކައި އިންޒާރު ދިން މައްސަލައެއްގައެވެ.

Advertisement

ބަންދު އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި ފައިރިޝް ވަނީ ބޭއަދަބީ ބަސް ބޭނުންކޮށް މަގުމަތީގައި ހުރި މީހަކަށް ބިރުދައްކައި އިންޒާރުދީފައިވާކަމަށް އައިއޯ ފާހަގަކޮށްފައިވެއެވެ.

"މީނާގެ ކަރުގައި މީހަކު ހިފައި އަނިޔާކުރިކަމަށާއި، މީހަކަށް ބިރު ނުދައްކާކަމަށް ބުނެފައިވޭ" ބަންދު އަމުރުގައި އިތުރަށް ބުނެފައިވެއެވެ.

މިއަދުން ފެށިގެން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ރިމާންޑު ޖަލުގައެވެ.

ދުވަހަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ދޫހިމެރިމަގު / ހ. ލާލުގެ ކައިރީގައި ފައިރިޝް ބިރުދައްކައި އިންޒާރުދީ މުދަލަށް ގެއްލުންދީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ މި މަހުގެ ހަތަރުވަނަ ދުވަހު އިސްލާހު ކުރުމަށްފަހު ޕީޖީ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން އެ މައްސަލަ ބަލައިގެންފައިވާކަމަށެވެ.

 

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް