ހުޅުމާލޭ ޕޮކެޓް ޕާކިން ސްލޮޓްތައް ކުއްޔަށް ދިނުމާއި ގުޅޭގޮތުން ފަތުރަނީ ދޮގު ވާހަކައެއް: އަހުމަދު

17 Nov 2026 | 14:48
ފޮޓޯ: އެޗްޑީސީ

ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ މަގުތަކުގެ އެއްފަރާތުގައި ހުންނަ ޕޮކެޓް ޕާކިން ސްލޮޓްތަކުން ފީ ނެގުމަށް ނިންމީ ބޭއިންސާފު ހުއްޓުވުމަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީއޯއޯ އަހުމަދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެއެވެ. އެޗްޑީސީން މިހާރު ވަނީ ޢެތަންތަން ބިޑުކޮށްގެން ކާމިޔާބު ކުރި ފަރާތްތަކަށް ދޫކުރަން ފަށާފައި އެވެ.

Advertisement

އަހުމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅިވީ އެ ޕޮކެޓު ސްލޮޓުތަކުގައި މިހާތަނަށް ޕާކު ކުރަމުން ދަނީ ހިލޭ ކަމަށާއި ޕޮކެޓް ޕާކިން ސްލޮޓްތަކަކީ ބައެއް ފަރާތްތަކުން ހީކުރާ ގޮތުގައި ހުޅުމާލޭގެ ހުސް ބިންތައްކަމަށެވެ.

ނަމަވެސް އެއީ މަގުގެ ދުއްވާ ލޭނުން އެތެރެއަށް ޖެހިފައި ހުންނަ، މަގު ޑިޒައިނުގެ ތެރެއިން ކަނޑައެޅިފައިވާ ޕާކިން ޖާގަތަކެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަހުދު ވިދާޅުވީ އެޗްޑީސީ އިން 2024 ވަނަ އަހަރު އެފަދަ 1,374 ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލި ކަމަށެވެ. އެކަން ހުރިހާ މީޑިއާއެއް މެދުވެރިކޮށް އިއުލާނު ކުރި ކަމަށާއި އެފަހަރު ގާތްގަނޑަކަށް 800 މީހުން ފޯމު ހުށަހެޅި ކަމަށެވެ.

ޑިމާންޑު ދަށްކަމަށް ފެނިގެން، ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށް އަލުން ޢާންމުކޮށް އިޢުލާނުކުރި ކަމަށެވެ. އެ އިއުލާނާއި ގުޅިގެން ޝަރުތު ހަމަވާ ފަރާތްތައް ކަށަވަރު ކުރުމަށް ފަހު، ޝަރުތު ހަމަވި ފަރާތްތަކުގެ ލިސްޓު ވެސް ޢާންމުކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

މި ސްލޮޓްތަކުން މަހު ފީއެއް ނެގުމަށް ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ނިންމެވީ، ވަކި ބައެއްގެ މެދުގައި މި ޖާގަތައް ހިލޭ ބެހެއްޓުމުގެ ބޭއިންސާފާ ހެދި ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް، މި ޖާގަތައް ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ ބަދަލުގައި ކުރު މުއްދަތުގެ ދުވާލު ޕާކިން ނުވަތަ މުދާ ބޭލުމާއި ޑެލިވަރީ ޒޯންތަކެއްގެ ގޮތުގައި ބޭނުންކުރުން މާ ރަނގަޅުވާނެ ކަމަށް ދެކޭ ކަމަށްވެސް ވިދާޅުވި އެވެ.

އަހުމަދު މި ޕޯސްޓުކޮށްފައިވަނީ ހުޅުމާލޭ ޕޮކެޓް ޕާކިން ސްލޮޓުތައް އެޗްޑީސީ ވެރިންގެ ރައްޓެހިންނާއި ގާތް ތިމާގެ މީހުންނަށް ބަހަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކަކާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް