ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިޔަށް ދަނީ -- ފޮޓޯ: ދިރާގު
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2026 ގައި ބައިވެރިވާ ދުވުންތެރިންނަށް ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ އެކްސްޕޯ، ދިރާގު ހެޑް އޮފީސް ކައިރީ ބީޖީ ޓާފް ދަނޑުގައި މިއަދު ފަށައިފިއެވެ.
ނޮވެންބަރު 14 ވަނަ ދުވަހު ފެށި މި އެކްސްޕޯގައި ބިބް އާއި ރޭސް ކިޓް ނެގޭނެ މުއްދަތު މިހާރު ވަނީ ނޮވެންބަރު 18 ވާ ބުދަ ދުވަހާ ހަމައަށް އިތުރުކޮށްފައި އެވެ.
ފުރަތަމަ ދުވަހު ކިޓް ދޫކުރާނީ މެންދުރުފަހު 4:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ނޮވެންބަރު 15 އިން 18 އަށް ހެނދުނު 10:00 އިން މެންދުރު 12:00 އަށް، މެންދުރު 2:00 އިން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށް ކިޓް ދޫކުރާނެއެވެ.
ރޭސް ކިޓުގައި ޓައިމިން ޗިޕް ހިމެނޭ ބިބް އަކާއި ރޭސް ޓީޝާޓަކާއި ސްޓްރިންގް ބޭގެއްގެ އިތުރުން ހަތަރު ނަރުދައްޗެއް ހިމެނެއެވެ. ކިޓް ބަލައި އަންނަ ފަރާތުން ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅައިގެން ވެރިފައި ކުރަންޖެހޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

މިފަހަރުގެ އެކްސްޕޯ ބައްޓަންކޮށްފައި ވަނީ ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ތަޖުރިބާއެއް ލިބޭ ފަދައިން ކަމަށް ދިރާގުން ބުނެފައިވެއެވެ. ކާބޯތަކެތީގެ ސްޓޯލްތަކާއި ދުވުންތެރިންނަށް ޚާއްޞަ ސްޓޯލްތަކުގެ އިތުރުން ބައިވެރިންނަށް ބައިވެރިވެވޭނެ އެކިއެކި ހަރަކާތްތައް ވެސް އެކްސްޕޯ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
5,600 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ކަމުގައިވާ ޑީއެމްއާރްއާރް 2026 ބާއްވާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް