ޝިއުނާ -- ފޮޓޯ: ޕެންޝަން އޮފީސް
މުވައްޒަފުންގެ ސުލޫކީ މިންގަނޑާ ޚިލާފުވި ކަމަށް ތަޙުޤީޤުން ސާބިތުވެ، ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަރިޔަމް ޝިއުނާ އިއްޔެ މަގާމުން ވަކިކޮށްފިއެވެ.
ޝިއުނާ ސަސްޕެންޑުކޮށްފައި ހުންނެވީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިދާރީ މައްސަލައެއްގެ ތެރެއިންނެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ސަސްޕެންޝަނަށް ފަހު އެ އޮފީހުން ވަނީ ޝިއުނާ ވަޒީފާއިން ވަކިކޮށްފައެވެ.
ޕެންޝަން އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މި ފިޔަވަޅު އެޅީ ފުރިހަމަ ތަޙުޤީޤެއް ކުރިއަށް ގެންގޮސް، ޖަވާބުދާރީވާން ޝިއުނާއަށް ފުރުޞަތު ދިނުމަށް ފަހުގައި ކަމަށެވެ. ވަކިކުރި ސަބަބެއް ކަމުގައި އެ އޮފިޝަލު ފާހަގަކުރެއްވީ މުވައްޒަފުން ޢަމަލުކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވުން ކަމަށެވެ.
އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ދާއިރާއިން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައިވާ ޝިއުނާ ޕެންޝަން އޮފީހުގެ ކޯޕަރޭޓް އެފެއާޒް ޑިވިޝަނުގެ އިސްވެރިޔާގެ ގޮތުގައި ގުޅިވަޑައިގެންނެވީ 2023 ވަނަ އަހަރުއެވެ. އެ މަގާމާ ހަމައަށް ވަޑައިގެންނެވުމުގެ ކުރިން ޝިއުނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަމާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ވެސް އަދާކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް