ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ މެދުވެރިކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް ހުށަހެޅޭ ގޮތަށް ދުވާލާއި ރޭގަނޑު 24 ގަޑިއިރު ޚިދުމަތް ދޭ އޮންލައިން ޕޯޓަލެއް މިއަދު ތައާރަފުކޮށްފިއެވެ.
"ސިޓިޒެންސް ވޮއިސް" ގެ ނަމުގައި ހުޅުވި މި ޕޯޓަލް މި ވަގުތު ބޭނުންކުރެވެނީ ވެބް ބްރައުޒާ މެދުވެރިކޮށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ފޯނު އެޕެއް ވެސް ނެރޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ޕޯޓަލްގެ އިތުރުން ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރު ނަންބަރު 1470 މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެއެވެ.
ރައްޔިތުންގެ ޝަކުވާ ބަލައިގަތުމަށް ވަކި އޮފީހެއް ޤާއިމުކުރައްވާނެ ކަމުގެ އިއުލާން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވީ މިދިޔަ ފެބްރުއަރީ ފަސް ވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައެވެ. އެއާ ގުޅިގެން މިދިޔަ އެޕްރީލް މަހު އެ ބިއުރޯ ރަސްމީކޮށް އުފައްދަވައި، އެ ތަނުގެ އިސްވެރިއަކަށް ޑރ. މާހިދު ޝަރީފު ވަނީ އައްޔަންކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް